ޔޭޔޭގެ ސްކޭން އެންޑް ވިން ޕްރޮމޯޝަން: އީ-ޕިކަޕު ލިބޭ ތިން ނަސީބުވެރިން ހޮވައިފި ޔޭޔޭގެ ސްކޭން އެންޑް ވިން ޕްރޮމޯޝަން: އީ-ޕިކަޕު ލިބޭ ތިން ނަސީބުވެރިން ހޮވައިފި

ބީއެޗްއެމް ޓްރޭޑާސް އިން ކުރިއަށް ގެންދާ ޔޭޔޭގެ ސްކޭން އެންޑް ވިން ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒް ކަމަށްވާ ތިން އީ-ޕިކަޕް ލިބޭ ނަސީބުވެރިން ހޮވައިފި އެވެ.
ޖުލައި 1، ގައި ފެށި މި ޕްރޮމޯޝަންގައި ބައިވެރިވެވުނީ ޔޭޔޭގެ އޮރިޖިނަލް، ޔޭޔޭގެ ސީރިއަލް އަދި ޔޭޔޭގެ ލެސް ޝުގާ ކޮފީ ބޮޑު ޕެކެޓެއް ގަނެ، އެ ޕެކެޓުގައި ހުރި ކޯޑު ސްކޭން ކުރި ފަރާތްތަކަށެވެ.
މި ޕްރޮމޯޝަންގެ ދަށުން އީ-ޕިކަޕް ލިބުނު ތިން ނަސީބުވެރިންނަކީ އައިޝަތު ނަޝްފާ، އަބްދުލް ހަޔަރު، އަދި މަރިޔަމް ލިލީޝާ އެވެ. އެ ތިން ފަރާތަށް ޕިކަޕު ރަމްޒީކޮށް ހަވާލުކޮށްދިނީ ބީއެޗްއެމް އިން ބޭއްވި ރަސްމިއްޔާތެއްގައި އެކްސްޕޯޓް ސެޕްޝަލިސްޓު ޓެން ޔިކިއަން އެވެ.
އިނާމުތައް ލިބުނު ފަރާތްތަކުން ބުނެފައިވަނީ ބައިވެރިވިއިރު ބޮޑު އިނާމެއް ލިބޭނެ ކަމަށް އުންމީދު ނުކުރާ ކަމަށެވެ. އަދި، ކުރިއަށް އޮތްތަނުގައި ވެސް ބީއެޗްއެމްގެ ޔޭޔޭ ކޮފީ ޕްރޮމޯޝަންތަކުގައި ބައިވެރިވާނެ ކަމަށް އެ ފަރާތްތަކުން ބުންޏެވެ.
މި ޕްރޮމޯޝަން ނިމުނު ނަމަވެސް ބީއެޗްއެމް އިން ވަނީ ކުރިއަށް އޮތްތަނުގައި މިއަށްވުރެ ބޮޑެތި އިނާމުތަކާއެކު އިތުރު ޕްރޮމޯޝަންތައް ބާއްވާނެކަން އިއުލާނުކޮށްފަ އެވެ.
ބީއެޗްއެމް ޓްރޭޑާސް އަކީ އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިކުރާ އެއް ކުންފުންޏެވެ.
ދިވެހިންގެ ދޫތަކަށް އެންމެ ކަމުދާ، ވަގުތުން ތައްޔާރުކޮށްލެވޭ ޔޭޔޭ ކޮފީގެ އިތުރުން "ހޯސެން"، "ކޯސްޓް" އަދި "ޖޫލީސް" ފަދަ އެތައް ބްރޭންޑެއްގެ ސޯލްޑިސްޓްރިބިއުޓަރަކީ ބީއެޗްއެމް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ