ފިލްމު 'ލޮކާ ޗެޕްޓާ 1: ޗަންދްރާ' ސްޓްރީމިންއަށް

މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދި މަޅަޔާލަމް ފިލްމުގެ ރެކޯޑު ޤާއިމުކޮށްފައިވާ "ލޮކާ ޗެޕްޓަ 1: ޗަންދްރާ" ވަރަށް އަވަހަށް އޮންލައިން ޕްލެޓްފޯމެއްގައި ސްޓްރީމްކުރަން ދޫކޮށްލާން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިހާތަނަށް 300 ކްރޯޑު ރުޕީސް (35.7 މިލިއަން ޑޮލަރަ)އަށްވުރެ ބޮޑު އާމްދަނީއެއް ހޯދާފައިވާ މި ފިލްމު ސްޓްރީމިންއަށް ދޫކޮށްލަން ނިންމާފައިވަނީ ޖިއޯ ހޮޓްސްޓާއަށް ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. ފިލްމު ސްޓްރީމް ކުރަން ފަށާނެ ތާރީޚު ރަސްމީކޮށް އިއުލާނުކޮށްފައި ނެތް ނަމަވެސް ބޮލީވުގެ ބައެއް ރިޕޯޓުތައް ބުނާގޮތުން މިއަދުގެ ވަގުތެއް ޖިއޯ ހޮޓްސްޓާގައި ފިލްމު ސްޓްރީމްކުރަން ފަށާނެއެވެ. "ލޮކާ ޗެޕްޓަ 1: ޗަންދްރާ"ގެ ޕްރޮޑިއުސަރު ސަލްމާން--ފޮޓޯ/ޓެލެގްރާފްއިންޑިއާ މަޅަޔާލަމް ސިނަމާގެ މަގުބޫލު ޑައިރެކްޓަރު ޑޮމިނިކް އަރުންގެ މި ފިލްމުގެ ޕްރޮޑިއުސަރަކީ ސައުތު ސިނަމާގެ މަގުބޫލު އެކްޓަރު ސަލްމާން ދުލްގާރުއެވެ. މި ފިލްމަކީ ސަލްމާންގެ އަމިއްލަ ފިލްމު ޕްރޮޑަކްޝަން ބެނާގެ ދަށުން ގެނެސްދިން ފިލްމެކެވެ. އެންމެ 30 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް ހީވެސް ނުކުރާ ވަރުގެ ކާމިޔާބީއެއް ލިބި ފިލްމަށް ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. މި ފިލްމުގައި ސުޕަހީރޯއެއްގެ ރޯލް ކުޅެފައިވަނީ ސައުތު ސިނަމާގެ ޒުވާން ބަތަލާ ކަލްޔާނީ ޕްރިޔާދަރުޝަންއެވެ. ފިލްމުގެ މައިގަނޑު ޕްލޮޓް ބިނާކޮށްފައިވަނީ ހަށިގަނޑުގެ ގުނަވަންތައް ވަގަށް ނަގައި ވިއްކުމުގެ ވަގު ވިޔަފާރި ހިންގާ ގޭންގެއް ހުއްޓުވުމަށް ކުރާ މަސައްކަތަށެވެ. މިއީ މިހާތަނަށް އިންޑިއާގެ ސިނަމާގައި އަންހެން ތަރިއަކު ސުޕަ ހީރޯއެއްގެ ރޯލް ކުޅުނު ފުރަތަމަ ފިލްމު ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ވަނީ ފިލްމުގެ ޕްރޮޑަކްޝަން ޓީމަށް ތައުރީފުކޮށްފައެވެ. އޭގެ ތެރޭގައި ބޮލީވުޑްގެ ވަރަށް ގިނަ ތަރިން ވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ