ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - މިއީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ޒުވާނުން ބާރުވެރިކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ތަފްސީލް - މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުވުމެވެ. މި ޕްރޮގްރާމް މެދުވެރިކޮށް ބައިވެރިންނަށް އެކި ތަމްރީނު ލިބި، ވަޒީފާގެ މާހައުލުގައި ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މި ޕްރޮގްރާމުގެ ދަށުން ތަމްރީނު ލިބޭނެ ދާއިރާތަކަކީ:
އެޑްމިނިސްޓްރޭޝަން
މާކެޓިން އަދި ސޭލްސް
ޕްރޮކިއުމެންޓް
ކޯޕަރޭޓް ސާވިސަސް އަދި ފައިނޭންސް
ހިއުމަން ރިސޯސަސް
ޓެކްނޮލޮޖީ
މި ޕްރޮގްރާމްގައި ބައިވެރިވާ ހުރިހާ ޒުވާނުންނަށް ދޭނެ ތަމްރީނުތަކުގެ ތެރޭގައި:
ސޮފްޓް ސްކިލްސް ތަރައްގީކުރުން
ވަގުތު މެނޭޖުކުރުން
ޕްރޮޖެކްޓް ހިންގާނެ ގޮތް ފަދަ ވަޒީފާގެ މާހައުލުގައި ބޭނުންވާ މުހިންމު މައުލޫމާތު
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް އަމާޒުކޮށްފައިވަނީ:
އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށް
އޭލެވެލް ފުރިހަމަކޮށް، ފުލް-ޓައިމް ވަޒީފާ އަދާނުކުރާ ހުރިހާ ޒުވާނުންނަށް ވެސް މި ޕްރޮގްރާމްގައި ބައިވެރިވެވޭނެ
މާލޭގެ އިތުރުން އައްޑޫ، ހދ. ކުޅުދުއްފުށި، ލ.، ގއ. އަދި ގދ. އަތޮޅުގައި ގާއިމުކޮށްފައިވާ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތަކުގައި ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދާނެ
މި ޕްރޮގްރާމްގައި ބައިވެރިވުމަށް:
އޮންލައިންކޮށް ފޯމު ހުށަހެޅޭނެ
މި މަހުގެ ނިޔަލަށް ފޯމު ހުށަހެޅޭނެ
ފާހަގަކޮށްލެވޭ - ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތައާރަފްކުރި މިފަދަ ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2009 އިން ފެށިގެން ހިންގަމުން އަންނައިރު، މިހާތަނަށް 288 ޒުވާނުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފަ އެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ކުރީގެ ގިނަ ދަސްވެނިން ދަނީ ދިރާގާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އެހެނިހެން ޖަމިއްޔާތަކުގައި ވެސް ވަޒީފާތައް އަދާކުރަމުންނެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ