ޔުނިވާސަލް އިން ސްރީލަންކާއަށް އެހީގެ ގޮތުގައި 100،000 ޑޮލަރު ހަދިޔާކޮށްފި
މަތީ ފަންތީގެ ފަތުރުވެރިކަމުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ޔުނިވާސަލް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަވައްޓެރި ސްރީ ލަންކާއަށް 100،000 ޑޮލަރު މިއަދު ހަދިޔާކޮށްފިއެވެ.ޔުނިވާސަލް އިން އެ ފައިސާ ހަވާލުކުރީ ރާއްޖޭގައި ހުންނަ ސްރީލަންކާ ހައިކޮމިޝަނާ އެވެ. ސްރީލަންކާ ހައިކޮމިޝަނުން ވަނީ އެ ގައުމަށް އެހީތެރިކަން ބޭނުންވެފައިވާ މި ދަނޑިވަޅުގައި ޔުނިވާސަލްއިން ފޯރުކޮށްދިން އެހީއަށް ޝުކުރު އަދާކޮށްފަ އެވެ.ތޫފާނު ޑިޓުވާގެ ސަބަބުން ސްރީލަންކާއަށް ކުރި ވިއްސާރައިގައި މިހައިތަނަށް އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 600 އަށްވުރެ މައްޗަށް ގޮސްފަ އެވެ.ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާއަށް އެހީގެ ގޮތުގައި މިހާތަނަށް 6.5 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ލިބިފައިވާއިރު، އެގައުމަށް އެންމެ ބޮޑު އެހީއެއް ދީފައިވަނީ ރާއްޖެއިން ކަމަށް އެގައުމުގެ ނޫސްތަކުން އިއްޔެ ވަނީ ރިޕޯޓުކޮށްފަ އެވެ.ލަންކާގެ ނޫހެއް ކަމަށްވާ "ސިލޯން ޓުޑޭ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ލިބުނު އެހީގެ ތެރެއިން އެންމެ ބޮޑު މާލީ އެހީއެއް ކަމަށްވާ 2.4 މިލިއަން ޑޮލަރު ހަދިޔާކޮށްފައި ވަނީ ރާއްޖެއިންނެވެ.ރާއްޖެއިން ދީފައިވާ 2.4 މިލިއަން ޑޮލަރުގެ އެހީގެ ތެރޭގައި ދިވެހި ސަރުކާރުން ހަދިޔާކުރި 50،000 ޑޮލަރާއި ޕީއެސްއެމް އިން އިސްނަގައިގެން ގިނަ މީޑިއާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ’ސިލޯނާއެކު ދިވެހީން‘ ޓެލެތޯނުން ލިބުނު 8 ލައްކަ ޑޮލަރު ހިމެނެ އެވެ. އަދި އަމިއްލަ ވިޔަފާރިތަކުން ވެސް ލަންކާއަށް ބޮޑު އެހީއެއް ދީފައިވެ އެވެ.ފައިސާގެ އެހީގެ އިތުރުން ރާއްޖެއިން ވަނީ 25،000 މަސްދަޅު ކޭސް ވެސް ލަންކާއަށް އެހީގެ ގޮތުގައި ހަވާލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ