ރަންވޭ މިއަދު ހުޅުވާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.
ހަނިމާދޫ އެއާޕޯޓުގައި އިންޑިއާއިން ތަރައްގީކުރި ރަންވޭގެ މަސައްކަތް ނިންމާލުމަށްފަހު މިއަދު ހުޅުވައިފި އެވެ.
ރަންވޭ މިއަދު ހުޅުވާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ. ރައީސްއާއެކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެސް ރަންވޭ ހުޅުމުގައި ބައިވެރިވެވަޑައިގެންފައިވެ އެވެ.ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހަނިމާދޫ އެއާޕޯޓް ތަރައްގީކުރަން ފެށިި މި މަޝްރޫ އަކީ އިންޑިއާއިން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޓިޓް ލައިންގެ ދަށުން، އިންޑިއަން އެގްޒިމް ބޭންކް މެދުވެރިކޮށް 136 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 2.1 ބިލިއަން ރުފިޔާ) ގެ ލޯނަކުން ހިންގާ މަޝްރޫއު އެކެވެ.
މި މަޝްރޫއުގެ ދަށުން 2400 މީޓަރުގެ ރަންވޭ އަދި އޭޕްރަން ވަނީ ގާއިމްކޮށްފަ އެވެ. މުޅި މަޝްރޫއު ނިމޭނެ ކަމަށް ލަފާކޮށްފައި ވަނީ މާޗް 2025 ގެ ނިޔަލަށެވެ.ތިލަދުންމަތީގައި މިހާރު ހަދަމުން ގެންދާ މި އެއާޕޯޓަކީ މިހާރު ރާއްޖޭގައި ހިނގާ އެންމެ ފާސްޓް މަޝްރޫއު އެވެ. މި މަޝްރޫއަކީ މާލޭން ބޭރުގައި މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއެވެ. މި މަަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރަނީ ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓު ފަހަރަށް ޖައްސައި ފުރޭ ގޮތަށެވެ. މިތަން ނިމުމުން އަދި މެދުއިރުމައްޗާއި ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫއަށް ދެވޭނެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ހަނިމާދޫ އެއާޕޯޓްގެ ރަންވޭ އިފްތިތާހުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ