އިސްރާއީލު ޕާސްޕޯޓު މަނާކުރާ ބިލުގެ މަސައްކަތް އަވަހަށް ނިންމުމަށް މަސައްކަތް ފަށަނީ

އިސްރާއީލު ޕާސްޕޯޓު މަނާކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތް ފަށާފައިވާކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އަދި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މުޤައްރިރުގެ ނާއިބު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
އިސްރާއީލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލުގެ މަސައްކަތް ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީބަލަން ނިންމާފައިވާއިރު، މި ބިލާ ގުޅިގެން ބާއްވާ އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ތާވަލްކޮށްފައިވަނީ އަންގާރަ ދުވަހު ހެނދުނު 9:30އަށެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޕީއެންސީގެ ޕީޖީ ލީޑަރު، އަދި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މުޤައްރިރުގެ ނާއިބު އިބްރާހީމް ފަލާޙު ވިދާޅުވީ ކޮމިޓީ މަރުހަލާގައި މި ބިލު ދިރާސާ ކުރުމަށް ފަހު ކަމާ ގުޅުންހުރި އިދާރާތަކުގެ ލަފަޔާ މަޝްވަރާ ހޯއްދަވާނެކަމަށެވެ. އަދި މަސައްކަތް ކުރާނީ ވީހާ ވެސް އަވަހަށް ބިލުގެ މަސައްކަތް ނިންމުމަށް ކަމަށް ފަޙު ވިދާޅުވިއެވެ.
"ފުރަތަމަ އޮންނާނީ ބިލުގެ ސުންގަޑި ކަނޑައެޅުން. ކަމާ ގުޅުން ހުރި ފަރާތްތަކަށް ކޮމެންޓް ފޮނުވާނަން. ކޮމިޓީ މަރުހަލާގައި ކަމާ ގުޅުން ހުރި މީހުން ގެނެސް ލަފަޔާ އިރުޝާދު އަދި މަޝްވަރާވެސް ހޯދާނެ." އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވިއެވެ.
ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާއި ދެކޮޅު ހެދުމުގެ ގޮތުން ޔަހޫދީ އިސްރާއީލުގެ ޕާސްޕޯޓު މަނާ ކުރުމުގެ ބިލު މަޖިލީހަށް ހުށައެޅީ މިއަހަރުގެ ޖޫން މަހުގެ ކުރީކޮޅުގައެވެ. މެންބަރު ފަލާހު ވިދާޅުވީ ބިލު އެޖެންޑާ ކުރުމުގެ ކުރިން އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށްދިޔަކަމަށެވެ.
ކޮމިޓީ މަރުހަލާގައި ކުރާނެ އެންމެ ފުރަތަމަ އެއް މަސައްކަތަކީ ބިލުގެ މަސައްކަތް ނިންމާނެ ތާރީޚެއް ކަނޑައެޅުމެވެ. އަދި، ބިލު އިތުރަށް ދިރާސާކޮށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަަސައްކަތް ވެސް ކުރާނެއެވެ.
ޔަހޫދީ ދައުލަތުން ފަލަސްޠީނުގެ މުސްލިމުން ނެތިކޮށްލަން ހިންގަމުންދާ ގަތުލުއާންމު އިތުރަށް ފުޅާކޮށް މީގެ އަހަރެއްހާ ދުވަސް ކުރިން ފަށާފައިވާއިރު ޔަހޫދީ ދައުލަތުގެ ޕާސްޕޯޓުގައި ރާއްޖެ ނާދެވޭ ގޮތް ހެދުމަށް ރައްޔިތުން ވަނީ ގޮވާލާފައެވެ.
އަދުގެ ސަރުކާރުން ވަނީ ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ކުރާ މަސައްކަތް އިތުރަށް ފުޅާކޮށް ފަލަސްޠީނާ އެއްކޮޅަށް ވަރުގަދަ ސްޓޭންޑެއް ނަގާފައެވެ. ޚާއްސަކޮށް ރައީސް ޑރ. މުއިއްޒު ގެންދަވަނީ އެމަނިކުފާނު ބައިވެރިވެވަޑައިގަން ވާހަކަފުޅުދައްކަވާ ބައިނަލްއަޤްވާމީ އެކިއެކި ޕްލެޓްފޯމްތަކުގައި ފަލަސްތީނުގެ ދިފާއުގައި ވަރަށް ވަރުގަދައަށް ވަކާލާތު ކުރައްވަމުންނެވެ. އަދި ރާއްޖެއިން ވަނީ އިސްރާޢީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭނެހެން ޤާނޫނަށް ބަދަލުގެނައުމަށް ވަނީ ނިންމަވާފައެވެ. އަދ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ