ކުޅިވަރު އިދާރާތައް މިނިވަން ކުރުމުގެ ވާހަކަތައް ދެކެވެމުން ދިޔަނަމަވެސް އަމަލީ ސިފައެއް ނާދޭ: މިނިސްޓަރު ފްރާންސްގެ ސަފީރާއި ސްޕޯޓްސް މިނިސްޓަރާއި މަޝްވަރާ ކުރައްވައިފި ކުޅިވަރުގެ ދާއިރާގެ ގިނަ މަޝްރޫއުތަކެއް މިއަހަރު ތެރޭގައި ކުރިއަށް ދާނެ: ރައީސް ކޯޗުނ

ކުޅިވަރުގެ ދާއިރާގެ މަޝްރޫއުތަކުގެ އަގު މުޅި ދައުލަތުގެ ދެ އަހަރުގެ ބަޖެޓަށް ވުރެ ބޮޑު ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު، ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެ ށ. އަތޮޅުގެ ބައެއް ރަށްރަށުގައި ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮޖެކްޓްތަކާ ގުޅޭގޮތުން ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ރޮޖެކްޓްތައް ކުރިއަށް ގެންދަން ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓުގެ ތާށިކަން ކަމަށެވެ. މިހާރު ވެސް ޕްރޮޖެކްޓްތައް ކުރިއަށް ގެންދަނީ އަހަރުގެ ފަހުކޮޅު އިއުލާނުކޮށްގެން ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެއީ ވެސް ބަޖެޓުގައި އެ ޕްރޮޖެކްޓަކަށް ހިމެނިފަ ހުރި އަދަދު ކުޑަވުމުން ކަމަށެވެ.
މީގެ އިތުރަށް ރާފިއު ވިދާޅުވީ މަޝްރޫއުތައް ލަސްވަނީ އެ މަޝްރޫއުތައް ފެށުމަށް ފަހު މަޝްރޫއަށް ބަދަލު އަންނާތީ ކަމަށާއި އެކަމުގެ ސަބަބުން ބޭނުންވާ ފައިސާ ނުލިބި އެފަދަ މަސައްކަތްތައް ހުއްޓޭ ކަމަށެވެ. އިތުރުން ރާފިއު ވިދާޅުވީ ޕްރޮޖެކްޓުތައް ކުރިއަށް ގެންދަން މިހާރު ނިންމާފައިވަނީ ކޮންމެހެން ކުރިއަށް ގެންދަން ޖެހޭ ޕްރޮޖެކްޓްތަކަށް އިސްކަންދީގެން އަދި އެކަމާ ރަށްރަށުގެ ކައުންސިލްތަކާ މަޝްވަރާކޮށްގެން ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އުންމީދަކީ ތިންވަނަ ނޫނީ ހަތަރުވަނަ ކުއާޓަރުގައި ގިނަ ޕްރޮޖެކްޓުތައް އިއުލާނުކޮށްގެން ކުރިއަށް ގެންދިއުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ