މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މުޅި ރާއްޖެއަށް މި އެލާޓް ނެރެފައިވަނީ މެންދުރު 13:30 އިން އިރުއޮއްސި 18:30 ގެ ނިޔަލަށެވެ.
މެޓުން ވަނީ، މި ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް ބުނެފައެވެ.
އެ އިދާރާއިން ބުނީ ކުރިއަށް އޮތް ދެދުވަހުވެސް ދެކުނާއި މެދު ރާއްޖެތެރެއަށް ކަނޑު ގަދަވެ އާންމުކޮށް ވައި ގަދަވާނެ ކަމަށެވެ.
އެގޮތުން އެވްރެޖުކޮށް މެދު ރާއްޖެތެރެއަށް 13 މޭލާއި 23 މޭލާއި ދެމެދު ވައިޖެހޭނެކަމަށާއި، ދެކުނުގެ އަތޮޅުތަކަށް 15 މޭލާއި 25 މޭލާއި ދެމެދު ވައިޖެހޭނެކަމަށް ލަފާކޮށްފައިވެއެވެ.
އަދި ކަނޑުތައް ގަދަވާނެކަމަށްވެސް އެއިދާރައިން ބުނެއެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނުގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރާނެކަމަށްވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމާއި ގުޅިގެން ކުރާ ވިއްސާރައެކެވެ.
މޫސުން ގޯސްވެ، ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ