ޔުމްނު ވެއްޓުނު ހާދިސާ: ތަހުގީގަށް އެއްބާރުލުން ނުދޭތީ ރައުދު ހައްޔަރުކުރުމުގެ އަމުރަކަށް އެދިއްޖެ ޔުމްނު ވެއްޓުނު ހާދިސާ: ތަހުގީގަށް އެއްބާރުލުން ނުދޭތީ ރައުދު ހައްޔަރުކުރުމުގެ އަމުރަކަށް އެދިއްޖެ

ހ. ފެންޓެނޯއި ގޭގެ މަތީ ފްލޯއަކުން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހާދިސާގައި އޭނާއާ އެކު އެ ގޭގައި އުޅުނު ރައުދު އަހުމަދު ޒިލާލް 21، ތަހުގީގަށް އެއްބާރުލުން ނުދޭތީ ހައްޔަރު ކުރުމުގެ އަމުރަކަށް އެދިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ މައްސަލައިގައި ރިވިއު ޓީމުން ކުރާ މަސައްކަތަށް ރައުދުގެ ފަރާތުން އެއްބާރުލުން ނުލިބުމުގެ މައްސަލަ އެބައުޅޭ ކަމަށެވެ.
"އަޅުގަނޑުމެން ރެއާ ހަމައަށް އަޅުގަނޑުމެން މިކުރި މަސައްކަތުން ފާހަގަކުރެވެނީ ރިވިއު ޓީމުން ކުރި މަސައްކަތުން ފާހަގަކުރެވެނީ ކޮރޮބޮރޭޝަންގެ މައްސަލަ އެބައުޅޭ ރައުދުގެ ފަރާތުން ވެސް. އެހެންވީމަ ރައުދު އަލުން ހައްޔަރު ކުރުމަށްޓަކައި ކޯޓު އަމަރަކަށް އަޅުގަނޑުމެން ވާނީ އެދިފައި،" އޭނާ ވިދާޅުވި އެވެ.
މިއީ ރައުދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ދެވަނަ ފަހަރެވެ. މީގެ ކުރިން ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެނެސް ސުވާލުކޮށް، ޔޫރިން ނެގިއިރު ޕޮޒިޓިވްވީމަ ވެސް ދޫކޮށްލި އެވެ.
ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ޔުމްނު އާއި އޭނާއާއެކު އުޅުނު މީހާ، އެހެން ޒުވާނުންތަކާކާއެކު ބުރާސްފަތި ދުވަހުގެ ރޭ ފުރަތަމަ ދިޔައީ "މާލޭގެ މެދުތެރޭގައި" ހުރި ގެއަކަށެވެ. ޔުމްނު އާއި އޭނާއާއެކު އުޅުނު މީހާ ދިޔައީ ފެންޓެނޯއީ އަށް ދިޔައީ އެއަށް ފަހު އެވެ.
ހ. ފެންޓެނޯއީ ގެއިން ޔުމްނު ވެއްޓި، ޖެހިގެން ހުރި ގުދަނުގެ ފުރާޅުމަތީގައި އޮއްވައި ފެނުނީ ހުކުރު ދުވަހު ހެނދުނު އެވެ.
މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލަމުންނެވެ. އެގޮތުން ޔުމްނުއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ރޭ ގިނަ އަދަދެއްގެ ޒުވާނުން މާލޭގައި އިހުތިޖާޖު ވެސް ކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ