ސަން ބަދިގެ: ފިތި ކަށިކެޔޮ ބަތް

ކަށިކޭލުން މިލްކްޝޭކާއި ބަތްޕެން ވެސް މިހާރު ތައްޔާރުކުރެވިއްޖެއެވެ. މިފަހަރު މ. މުލަކުން މި ގެނެސްދެނީ ކަށިކެޔޮ ބަތް ތައްޔާރުކުރާނެ ގޮތެވެ. ބޭނުންވާ ތަކެތި ކަށިކެޔޮ (ލިޔެފައި) ހަނޑޫ ހުނި ލޮނު ތައްޔާރުކުރާނެ ގޮތް ފުރަތަމަ ފެން ތެއްޔެއްގައި އުދައި، ކެކެން ދެން މަޑުކޮށްލާށެވެ. ފެން ކެކެން ފެށުމުން އޭގެ ތެރެއަށް ކަށިކޭލާއި ހަނޑޫ އަޅައިލާށެވެ. ކަށިކެޔޮ މަޑުވެ، ބަތް ކެކެން ދެން ބަލަމުންދާށެވެ. ކަށިކެޔޮ މަޑުވެ، ބަތް ކެކޭއިރު ފެން ހުރެއްޖެ ނަމަ ފެން ސަމުސަލަކުން ނަގައި، ހުސްކޮށްލާށެވެ. އެއަށްފަހު ހުންޏާއި ރަހަލާ ވަރަށް ލޮނު އަޅައި، އެއްކޮށްލާށެވެ. އެއްކުރަމުންދާއިރު، ބަތާއި ކަށިކެޔޮ ޗަސްކުރަންވާނެއެވެ. މި ބަތަށް 'ފިތި ކަށިކެޔޮ ބަތު'ގެ ނަން ދީފައި ވަނީ އެގޮތަށް ޗަސްކުރުމުން ކަމަށް ވެދާނެއެވެ. ފިތި ކަށިކެޔޮ ބަތް އާންމުކޮށް ކައި އުޅެނީ ގަރުދިޔައާއި ތޮޅި މިރުހާއެކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ