ބިންހެލުމާ ގުޅިގެން ހޮސްޕިޓަލުން ނުކުންނަން ޖެހުނު އަންހެނަކު މަގުމަތީގައި ވިހައިފި

މިޔަންމާއާއި ތައިލޭންޑަށް އިއްޔެ އައި ބިންހެލުމާ ގުޅިގެން ހޮސްޕިޓަލުން ނުކުނަން ޖެހުނު އަންހެނަކު މަގުމަތީގައި ވިހައިފިއެވެ. އެ އަންހެންމީހާ ވިހޭއިރު ،ސިއްޚީ ޚިދުމަތްތެރިން ވެސް އޭނާ ކައިރީގައި ތިބި ކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ. ކިންގް ޗުލަލޮންގްކޯން މެމޯރިއަލް ހޮސްޕިޓަލާއި ބީއެންއެޗް ހޮސްޕިޓަލުގައި ތިބި ބަލި މީހުން ވެސް ޕާކެއްގައި އެއްވެފައި ތިބިއިރު، އޭގެ ތެރެއިން ބައެއް މީހުން ތިބީ ސްޓްރެޗާއާއި ފުރޮޅުލީ ގޮނޑިތަކުގައެވެ. ބިންހެލުމުގެ ސަބަބުން އަނިޔާވި ބަޔަކަށް މިޔަންމާގެ ސަރުކާރު ހޮސްޕިޓަލެއްގެ ގޯތި ތެރޭގައި ފަރުވާދެނީ. ފޮޓޯ/އޭޕީ ހޮސްޕިޓަލުގެ ގިނަ އަދަދެއްގެ ބަލި މީހުން ސްޓްރެޗާތަކުގައި ހޮސްޕިޓަލްގެ ގޯތި ތެރެއަށް ގެންގޮސްފައިވެއެވެ. އެ މީހުންގެ ފަރުވާ ކުރިއަށް ގެންދަނީ ސްޓްރެޗާތަކުގައާއި ފުރޮޅުލީ ގޮނޑިތަކުގައި ބައިތިއްބައިގެންނެވެ. މިޔަންމާގެ މެދުތެރޭގެ ސާގިން ސިޓީގެ ހުޅަނގު އުތުރުން އިއްޔެ މެންދުރު ފަހު ބިންހެލުން އައި ބިމުގެ ތިލަ ހިސާބަކަށް، 7.7 މެގްނިޓިއުޑްގެ ބާރު މިނުގައެވެ. އޭގެ މަދު މިނެޓްކޮޅެއް ފަހުން 6.4 މެގްނިޓިއުޑްގެ އާފްޓާޝޮކެއް ވެސް އައިސްފައިވެއެވެ. ބިންހެލުމުގެ ސަބަބުން ބެންކޮކްގައި ހަދަން ފަށާފައިހުރި އިމާރާތެއް ބިމާ ހަމަވެފައި. ފޮޓޯ/ރޮއިޓާސް ބިންހެލުމުގެ ސަބަބުން މިޔަންމާގެ އެކި ސަރަހައްދުތަކުގައި އިމާރާތްތައް ފުނޑުފުނޑުވެ، ބްރިޖްތައް ވެއްޓި މަގުތައް ފަޅަފަޅައިގެން ގޮސްފައި ވާއިރު ބެންކޮކްގައިހަދަމުން ދިޔަ 30 ބުރީގެ އުސް އިމާރާތެއް ވެސް ވަނީ ވެއްޓިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ