ފަޤީރުންގެ ދަފްތަރުގައި ތިބި ފަރާތްތަކަށް ފިޠުރު ޒަކާތުގެ ފައިސާ ޖަމާކޮށްފި

ފަގީރުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ މީހަކަށް ފިޠުރު ޒަކާތުގެ ގޮތުގައި 4،500 ރުފިޔާ ޖަމާކޮށްދީފައިވާ އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވި ގޮތުގައި، މި ފައިސާގެ އިތުތުން ފަލަސްޠީނުގެ ޣައްޒާގެ ކުޑަކުދިންގެ ކާބޯތަކެއްޗަށް 500،000 ރުފިޔާ ހަދިޔާކުރުމަށް ވެސް މިނިސްޓްރީން ވަނީ ނިންމާފައެވެ.
އަދި ގޮވާމުން މާލެ އޭރިއާގެ ކޮންމެ ފަޤީރަކަށް 15 ކިލޯ ބަހާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި މައުލޫމާތުގައިވާގޮތުން މިއަހަރު ފިޠުރު ޒަކާތަށް މިވަގުތާ ހަމައަށް 12.4 މިލިއަން ރުފިއާ ލިބިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ