ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ނ. ހޮޅުދޫއަށް ވަޑައިގެންނެވީ ވައުދުވީ ދުވަހަށް ވުރެ ކުރިން ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިހުސާން މިދިޔަ ފެބްރުއަރީ 25، ގައި ހޮޅުދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ޖެހިގެން އައި ދުވަހު އެ ރަށުން ފުރަމުން ރައްޔިތުން ކައިރީ މާޗު 9، ގައި އަނބުރާ އެ ރަށަށް ނައިސްފިނަމަ، މާޗު 10، ގައި މަގާމުގައި ދެމި ނުހުންނާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
ނަމަވެސް އިހުސާން ރޭ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާޗު 9، ގައި ކެބިނެޓް ބައްދަލުވުމެއް ބާއްވަން ރޭވުމާ އެކު، އެ ރަށަށް ދެވަނަ ފަހަރަށް މާޗު 6، ގައި ގޮސް ރައްޔިތުންގެ ތެރެއިން ވަކިވަކިން ބައްދަލު ކުރަން އެދުނު މީހުންނާ ބައްދަލުކުރި ކަމަށެވެ.
މިނިސްޓަރު އިހުސާން ވައުދުވެވަޑައިގެންނެވި މާޗު 9، ގައި ހޮޅުދޫއަށް ވަޑައިނުގެންނެވުމުން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އަންނަނީ ޝުއޫރު ފާޅުކޮށް، މިނިސްޓަރަށް ވައުދު ނުފުއްދުނު ކަމަށް ބުނަމުންނެވެ.
އިހުސާން ދެ ފަހަރެއްގެ މަތިން ހޮޅުދޫއަށް ވަޑައިގެންފައި ވަނީ އެ ރަށުގެ ގެއެއްގެ ތެރެއިން ސެޕްޓެމްބަރު 10، 2024 ގައި މަރުވެފައި އޮއްވައި ފެނުނު ނ. ހޮޅުދޫ, ނިއުލައިފް، ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައާ ގުޅިގެން ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރުމުން އެ ކަންބޮޑުވުންތައް އަޑު އެހުމަށެވެ.
ޒަކިއްޔާގެ މަރުގެ މައްސަލައާ ގުޅިގެން ހޮޅުދޫގައި ސިލްސިލާކޮށް މުޒާހަރާތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސް، ވަރަށް ބޮޑަށް ރަށުގެ ތެރޭގެ މަސްލަހަތު ވެސް ގެއްލިފަ އެވެ. އަދި މިނިސްޓަރު އެ ރަށަށް ވަޑައިގެން އެ މައްސަލައިގަެ ތަހުގީގުގައި ފުލުހުންގެ އިހުމާލު އޮތްކަން ފާހަގަކުރެއްވި އެވެ.
މިނިސްޓަރު އިހުސާން ހޮޅުދޫއަށް ދިޔައީ ވައުދުވީ ދުވަހަށްވުރެ ކުރިން މިނިސްޓަރު އިހުސާން ހޮޅުދޫއަށް ދިޔައީ ވައުދުވީ ދުވަހަށްވުރެ ކުރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ