މަރުގެ އިންޒާރު ދިން މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަނީ

މަރުގެ އިންޒާރުދިން މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިއުލާންކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބަލަމުންދާ މި މައްސަލާގައި ހޯދުމަށް އިއުލާންކޮށްފައިވަނީ ގދ.ގައްދޫ ރަންކޮކާގެ މުޙައްމަދު ޝިޔާމުއެވެ.
ފުލުހުން ބުނިގޮތުގައި ޝިޔާމް ހޯދުމަށް އިއުލާންކޮށްފައިވަނީ އެ ޚިދުމަތުގެ ޓެރަރިޒަމް އެންޑް ވައިލެންޓް އެކްސްޓްރީމިޒަމް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މަރުގެ އިންޒާރު ދީފައިވާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީއެވެ.
ފުލުހުން ކުރި އިއުލާނުގައި ބުނެފައިވަނީ ޝިޔާމް ހާޒިރުކުރަނީ މައްސަލައިގެ ތުހުމަތުގައި ސުވާލުކުމަށް ކަމަށާއި ވީއެންމެ އަވަހަކަށް ނުވަތަ ފެބްރުވަރީ 11 ވަނަ ދުވަހުގެ 14:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ހާޒިރުވުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ