އެޗްޑީސީގެ ބޯޑު މެންބަރުގެ މަގާމުން މުހައްމަދު ވަހީދު ވަކިކޮށްފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުން މުހައްމަދު ވަހީދު ވަކިކޮށްފި އެވެ.ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން (ޕީސީބީ) އިން މިއަދު ބުނީ އޭނާ މަގާމުން ވަކިކުރީ މިއަދު ކަމަށެވެ. ނަމަވެސް ވަކިކުރި ސަބަބެއް ޕީސީބީއިން ނުބުނެ އެވެ.މުހައްމަދު ވަހީދު އެޗްޑީސީގެ ބޯޑަށް އައްޔަނުކޮށްފައިވަނީ ޑިސެމްބަރު، 2023 ގަ އެވެ. އޭނާ ކުރިން ވަނީ ވެމްކޯ އާއި ހައުސިން މިނިސްޓްރީގެ މަގާމުތަކެއް އަދާކޮށްފަ އެވެ.އެޗްޑީސީގެ ބޯޑުގައި ޖުމްލަ 10 މެމްބަރުން ތިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ