ހުކުރު ދުވަހުގެ ފަތިހު ގާޒާގެ އުތުރުގައި އިސްރާއީލު ސިފައިން ދިން އެތައް ހަމަލާތަކެއްގައި ފަލަސްތީނުގެ 100 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.
މެޑިކަލް މަސްދަރުތަކުން މައުލޫމާތުދޭ ގޮތުގައި އިސްރާއީލު ސިފައިން ވަނީ އާންމުންނަށް އަމާޒުކޮށްގެން "ބިރުވެރި ގަތުލުއާންމުތަކެއް" ހިންގާފަ އެވެ.
އެމީހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގާޒާގެ އުތުރުގެ ޖަބަލިއާ ޓައުންގައި އިސްރާއީލު ސިފައިން އެމްބިއުލާންސަކަށް އަމާޒުކޮށް ދިން ހަމަލާގައި ގިނަ ބަޔަކު މަރުވެފައިވާއިރު، މިއީ މެޑިކްސް އާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ދިން ހަމަލާތަކުގެ އެންމެ ފަހުގެ ހަމަލާ އެވެ.
ނޫސް ރިޕޯޓްތައ ބުނާގޮތުގައި އިސްރާއީލު ސިފައިން ވަނީ ގާޒާގެ އުތުރުގައި މީހުން ދިރިއުޅޭ 11 އަށް ވުރެ ގިނަ ގެތަކަށް ހަމަލާތައް އަމާޒުކޮށްފަ އެވެ.
އިސްރާއީލު ސިފައިން ވަނީ 7 އޮކްޓޯބަރު 2023ން ފެށިގެން ގާޒާއަށް އަނިޔާވެރި ހަމަލާތައް ދީފަ އެވެ. މިހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 53،000 އެއްހާ މީހުންވަނީ މަރުވެފަ އެވެ.
އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން މިދިޔަ ނޮވެމްބަރު މަހު ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯއަވް ގަލަންޓް ހައްޔަރު ކުރުމުގެ އަމުރު ނެރެފަ އެވެ.
އިސްރާއީލުން ގާޒާއާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ސަބަބުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ވެސް ނަސްލު ނައްތާލުމުގެ މައްސަލައެއް އިސްރާއީލަށް ވަނީ ކުރިމަތިވެފަ އެވެ.
ހުކުރު ދުވަހުގެ ފަތިހު ގާޒާގެ އުތުރުގައި އިސްރާއީލުގެ ހަމަލާތަކުގައި 100 މީހުން މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ