ކުޑަހުވަދޫ ކައިރިން ދަތުރުކުރި ދޯންޏެއްގައި ރޯވެއްޖެ މޫދުން ފެނުނީ ރަސްފަންނާ ދިމާއިން މޫދަށް ފުންމާލި މީހެއްގެ ހަށިގަނޑު ދޯންޏެއްގައި ރޯވެ، ހަތަރު މީހަކު ކަނޑުވެއްޖެ ގެއްލުނު ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުން މަގުބޫލު ލިޔުންތައް ގއ.

އދ. ދިގުރަށުން މާލެއަށް ދަތުރު ކުރި ލޯންޗެއް ބަންޑުން ޖަހާލައި 44 މީހުންނާއި ހަތަރު ކުއްޖަކު ކަނޑުވެފައި ތިއްބާ މިއަދު ސަލާމަތްކޮށްފިއެވެ.
ފުލުހުން ‘އެކްސް’ގައި ކުރި ޕޯސްޓެއްގައި ބުނީ, މިއަދު ހެނދުނު 07:57 ހާއިރު ދިގުރަށުން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ ލޯންޗް “ހުވަން” އަޑިއަށް ދިޔަކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. އެ ދޯނީގައި 44 ފަސިންޖަރުންނާއި ތިން ފަޅުވެރިން ތިބި ކަމަށާއި އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނޭކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާގެ ރިޕޯޓު ލިބުމާއެކު ހާއްސަ އޮޕަރޭޝަނެއް ފަށައި ލޯންޗުގައި ތިބި އެންމެން ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ދިޔައިރު، ލޯންޗުގައި ތިބި އެންމެން ތިބީ ކަނޑުވެފައެވެ. އެމީހުން ތިބީ ލައިފްޖެކެޓް އަޅައިގެންނެވެ. ކަނޑުވި މީހުންގެ ތެރޭގައި ދިވެހިންނާއި ފަތުރުވެރިން ވެސް ހިމެނެއެވެ.
ކަނޑުވި ހުރިހާ ފަސިންޖަރުންނާއި ފަޅުވެރިން ދިގުރަށަށް ގެންގޮސްފައިވާއިރު، އެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ ފުރިހަމަ ތަހުގީގެއް ކުރަމުން އަންނަ ކަމަށެވެ.
“އަޅުގަނޑުމެންގެ ރެސްކިއު ޓީމުތަކާއި މި އޮޕަރޭޝަނުގައި އެހީތެރިކަން ފޯރުކޮށްދިން އެންމެހާ ފަރާތްތަކުގެ އަވަސް އެހީތެރިކަމަށް ތައުރީފުކުރަން،” ފުލުހުން ބުންޏެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވިއްސާރަކުރަމުންނެވެ. ޚާއްސަކޮށް ކަނޑުތައް ވެސް ގަދަވާނެތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ