ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް އާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ހުސްވީ، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރުމުންނެވެ. އެގޮތުން:
އެ ދެ ބޭފުޅުންގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ސަރުކާރު ކޮންޓްރޯލް އޮންނަ ޖޭއެސްސީން ނިންމީ، ޕާޓީން ވަކިކޮށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް އިތުރުކުރި އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކާ ގުޅޭ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ފަށަން އުޅެނިކޮށް
އެ ފަނޑިޔާރުން ސަސްޕެންޑް ކުރުމާ އެކު އެ މައްސަލަ މިހާރު އޮތީ ހުއްޓިފައި
ދެ ފަނޑިޔާރުން ވަކިކުރުމުން އެ މަގާމަށް12 ބޭފުޅުން ކުރިމަތިލިއިރު، ޖޭއެސްސީއިން ނިންމާފައިވަނީ އެ މަގާމަށް ހަމީދާއި ސަލީމް އައްޔަން ކުރުން؛ ޖޭއެސްސީން ނިންމި ގޮތަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީންވެސް ތާއީދުކޮށްފައިވޭ
މިއަދުގެ މަޖިލިސް ޖަލްސާގައި އޮތީ، ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓަށް ވޯޓަށް އެހުން
ތަފްސީލު - މަޖިލީހުގައި ނެގި ވޯޓުގައި ހަމީދަށް ރުހުން ލިބުނީ60 މެންބަރުންގެ ތާއީދާއެކު އެވެ. ސަލީމަށް ލިބުނީ، 61 މެންބަރަކު ރުހުން ދިނެވެ. މި ދެ ވޯޓުގައިވެސް އެމްޑީޕީ މެންބަރުން ބައިވެރިވެވަޑައިގެންފައި ނުވެ އެވެ.
ތަފްސީލު އަންނަނީ...
ހަމީދާއި ސަލީމް ސުޕްރީމް ކޯޓަށް އައްޔަންކުރަން ކޮމިޓީން ރުހުންދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ