ކުނި މެނޭޖުކުރުމާ ބެހޭ ފުރަތަމަ ގައުމީ ކޮންފަރެންސް އަންނަ މަހު ބާއްވަނީ

ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖްކުރާނެގޮތުގެ މައުލޫމާތު އަދި ކުނި މެނޭޖުކުރުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގައި ހުރި ގޮންޖެހުންތަކާއި ދަތިތަކާމެދު ގައުމީ ފެންވަރުގައި މަޝްވަރާކުރުމަށްޓަކައ،ި "މަގޭ ސާފުރާއްޖެ ޤައުމީ މަހާސިންތާ 2025" އިފްތިތާހުކޮށްފި އެވެ.ތިމާވެއްޓާ ބެހޭ މިނިސްޓްރީން އެ ކޮންފަރެންސް އިއުލާންކުރީ އެކަމަށްޓަކައި، މާލެ އިންޑަސްޓްރިއަލް ޒޯނު ސަރަހައްދުގައި ހުންނަ މަގޭ ސާފު ރާއްޖެ ބިލްޑިންގްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މީގެ އިތުރުން މިހަފްލާގައި މަހާސިންތާ ރާވާ އިންތިޒާމްކުރުމުގެ މަސައްކަތް "އިވެންޓް މޯލްޑިވްސް" އާއި ޙަވާލުކުރުމުގެ ކޮންޓްރެކްޓް އެއްބަސްވުމުގައިވެސް މިއަދު ވަނީ ސޮއިކޮށްފަ އެވެ. މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ގައުމީ ފެންވަރުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް އިތުރަށް ތަރައްގީކޮށް، ހަރުދަނާކުރުމުގެ މަގުސަދުގައި މި ސަރުކާރުން އިއުލާނު ކޮށްފައިވާ "މަގޭ ސާފު ރާއްޖެ" ޕްރޮގްރާމްގެ ދަށުން، މީހުން ދިރިއުޅޭ ރަށްރަށުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާއަކީ ރާއްޖޭގެ ހުރިހާ ރަށު ކައުންސިލ،ް އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލްތަކުގެ އިތުރުން ކުނިމެނޭޖްކުރުމާއި ގުޅުންހުރި ސަރުކާރުގެ މުވައްސަސާތަކާއި ކުންފުނިތައް އަދި ޖަމްޢިއްޔާ ޖަމާޢަތްތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ ފަންނީ ބޭފުޅުންނާއި ތަޖުރިބާކާރުން ހިމެނޭހެން 500 އެއްހާ މީހުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މަހާސިންތާއެކެވެ. އެ ކޮންފަރެންސް ބާއްވަނީ ވޯލްޑް ބޭންކުގެ ހިލޭ އެހީގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީން ކުރިއަށް ގެންދާ "މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓުން" ހަރަދުކޮށްގެން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގް ވިދާޅުވީ ކުނި މެނޭޖުކުރުމަށް ރަށު ފެންވަރުގަޔާއި އަތޮޅު ފެންވަރުގައި މި ވަގުތު ހިންގަމުން އަންނަ މަޝްރޫއުތަކުގެ އިތުރުން، އެ މަސައްކަތަށް ބޭނުންވާ ސައްހަ މައުލޫމާތު ކައުންސިލުތަކަށް ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ."މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ" ބޭއްވުމަށް ހަމަޖެހިފައިވަނީ 20 ޖުލައި އިން 23 ޖުލައި 2025 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ