ރަށު ކައުންސިލްތަކަށް ބަގީ ދިނުމަށް އަތޮޅު ކައުންސިލުން ނިންމައިފި

ހދ އަތޮޅުގެ ރަށު ކައުންސިލްތަކަށް، އަތޮޅު ކައުންސިލްގެ ބަޖެޓުން ބަގީ ހޯދައިދިނުމަށް ފާސްކޮށްފި އެވެ.
އަތޮޅު ކައުންސިލްގައި ބޭއްވި އާންމު ބައްދަލުވުމުގައި ރަށު ކައުންސިލްތަކަށް ބަގީ ހޯދުމަށް ހުށަހެޅީ ނެއްލައިދޫ ކައުންސިލްގެ ރައީސް މުހައްމަދު އަލީފެވެ.
ބަގީ ގަތުމުގެ މި ހުށަހެޅުމަކީ ބަޖެޓްގައި ހިމަނާފައިނުވާކަމަކަށްވާތީ، މި ހުށަހެޅުމަށް އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ވަހީދާއި ހަނިމާދޫ ރައީސް އަބުދުއްސައްތާރު ވޯޓު ދެއްވީ ދެކޮޅަކަށެވެ.
އެކަމަކު ރަށު ކައުންސިލްތަކަށް 6 ސީޓްގެ ބަގީއެއް ހޯދައިދިނުމަށް ފާސްވީ ވޯޓުގައި ބައިވެރިވި 8 މެންބަރުގެ ތާއިދާއެކު އެވެ.
މެއިމަހުގެ 8 ވަނަ ދުވަހު ބޭއްވި މި އާންމު ބައްދަލުވުމުގައި ކުޅުދުއްފުށީ މޭޔަރާއި މަކުނުދޫ ރައީސް އަދި ކުރިނބީ ރައީސް ބައިވެރިވެވަޑައިނުގަންނަވަ އެވެ.
ބަގީ ގަތުމަށް ފާސްވީ އަތޮޅު ކައުންސިލަށް ވޭނެއް ގަތުމަށް އެލޮކޭޓްކޮށްފައިވާ ބަޖެޓުންނާއި އެހެނިހެން ގޮތްގޮތުން ފިކްސްޑް އެސެޓް ހޯދުމަށް ހުރި ބަޖެޓުންނެވެ. އަދި މި ވަގުތަށް އަތޮޅު ކައުންސިލުން ބަޖެޓެއް ހޯދުން މަޑުޖައްސާލަންވެސް ނިންމި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ