ސްޓެލްކޯ އިން ބުނީ މި ބަދަލާއެކު ކަރަންޓު ބިލް ދެއްކުމަށް ރައްޔިތުން ކުރާ ހޭދަ ކުޑަވެގެންދާނެ އެވެ.
ކަރަންުޓު ބިލް ކުރަމުން ދިޔަ ޓެރިފަށް ސަރުކާރުން ގެނައި ބަދަލާއެކު މިދިޔަ މަހުގެ ކަރަންޓް ބިލްތައް ތައްޔާރުކޮށްފައިވަނީ އެ ރޭޓުގައި ކަމަށް ސްޓެލްލޯއިން ބުނެފި އެވެ.
ސްޓެލްކޯ އިން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ނިންމެވުމާއި އެއްގޮތަށް މެއި މަހުގެ ކަރަންޓު ބިލްތައް ތައްޔާރުކޮށްފައިވަނީ އަގުހެޔޮކޮށްފައިވާ ޓެރިފް ރޭޓްތަކަށެވެ. މި ބަދަލާއެކު ކަރަންޓު ބިލް ދެއްކުމަށް ރައްޔިތުން ކުރާ ހޭދަ ކުޑަވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
އެ ކުންފުނިން ވަނީ ރައީސް މުޢިއްޒުގެ ނިންމެވުމާއި އެއްގޮތަށް ދެން ފޮނުވާ ހުރިހާ ކަރަންޓުބިލްތަކެއްވެސް ތައްޔާރުކުރެވިގެންދާނީ އައު ޓެރިފްރޭޓްތަކަށް ކަމުގެ ޔަގީންކަން ދީފަ އެވެ.
ކަރަންޓު ބިލްތަކަށް ގެނައި މި ބަދަލާ ބެހޭ ގޮތުން ޓޫރިޒަމާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުއާވިއަތު މުހައްމަދު ގައުމީ ޓީވީގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވާ ގޮތުގައި މިއީ 1949 ގައި ރާއްޖޭގައި ކަރަންޓް އުފައްދަން ފެށިފަހުން ބެލިނަމަވެސް ގެންނަ ހެޔޮ ބަދަލެއް ކަމަށާ މި ބަދަލާއެކު 17 ޕަސެންޓް ފެށިގެން 40 ޕަސެންޓުގެ ޑިސްކައުންޓެއް ބިލްތަކުން ފެނިގެންދާނެ އެވެ."އެވްރެޖުކޮށް ދަންނަވާނަމަ އެވްރެޖުކޮށް 400ރ. 500ރ. އަރާ ގޭބިސީ އަކުން 25-27 ޕަސެންޓުގެ މަދުވުމެއް އަންނާނެ،" މުއާވިއަތު ވިދާޅުވި އެވެ.މި ވަރަށް ދަށްވެއްޖެނަމަ 500ރ. ކަރަންޓު ބިލަަށް މިހާރު އަރާ ގޭބިސީތަކުން 125ރ. ދެ ދަށްވުމަކާއެކު ބިލުގެ ޖުމްލަ 375ރ. އަށް ކުޑަ ވެގެންދާނެ އެވެ.
ޓެރިފްއަކީ އެނާޖީ އޮތޯރިޓީން އެކުލަވާލާ އެއްޗެކެވެ. ރާއްޖޭގައި ޓެރިފް ރޭޓުތަކަށް ބަދަލު ގެނެސްފައިވަނީ 2009 ވަނަ އަހަރު އެވެ. އޭގެ ކުރިން ޓެރިފް ހުރީ ތިން ބޭންޑަކަށެވެ. މިހާރު ކަރަންޓު ޗާޖު ކުރަނީ ހަތް ބޭންޑްއަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
މިދިޔަ މަހުގެ ކަަރަންޓު ބިލްތައް ތައްޔާރުކުރީ ކުޑަކުރި ޓެރިފުގަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ