ޝަރުއީ ދާއިރާގެ އިސްލާހަކަށް އެމްޑީޕީއަކުން ނޫޅޭ: އާދަމް ޝަރީފް

އޭނާ ވިދާޅުވީ މިހާރު ކުއްލި ގޮތަކަށް އެ މަސައްކަތް ފަށައިގެން އެ އުޅެނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ޖެއްސުމަށް ކަމަށެވެ.
އެމްޑީޕީ، އަދި މިވަގުތު ވެސް ސަރުކާރު ހިންގުމުގައި އޮތް ޕާޓީން ޖުޑީޝަރީ އިސްލާހު ކުރަން އެއްވެސް އިރެއްގައި ބޭނުންވެ އެ މަސައްކަތް ނުކުރާ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.   ޖޭއެސްސީ އެކުލެވިގެން ވާގޮތް ބަދަލު ކުރަން ސަރުކާރު ފަރާތުން ގާނޫނަށް ހުށަހެޅި އިސްލާހުގެ ބަހުސް މިއަދު ކުރިއަށް ދިޔައިރު އާދަމް ޝަރީފް ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހު ކުރާނެ ކަމަށްބުނެ އެމްޑީޕީން ރައްޔިތުންނަށް އޮޅުވާލާފައިވާ ކަމަށެވެ. އަދި އެ ޕާޓީން އެއްވެސް އިރެއްގައި ޝަރުއީ ދާއިރާ އިސްލާހުކޮށް ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަދަލު ގެންނަން މަސައްކަތް ވެސް  ނުކުރާ ކަމަށެވެ. އޭގެ ބަދަލުގައި އެމްޑީޕީން އެ މަސައްކަތް ކުރާ ކަމަށް ދައްކައި އޭގެ ބޭނުން ހިފައިގެން ވެރިކަމަށް އައިސް މަޖިލީހުގެ މެޖޯރިޓީވެސް ހޯދި ކަމަށެވެ.އޭނާ ވިދާޅުވީ މިހާރު ކުއްލި ގޮތަކަށް އެ މަސައްކަތް ފަށައިގެން އެ އުޅެނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ޖެއްސުމަށް ކަމަށެވެ."އެއްވެސް އިރަކު އެމްޑީޕީއަކުން ޖުޑިޝަރީ އިސްލާހު ކުރާކަށް މަސައްކަތެއް ނުކުރޭ." އާދަމް ޝަރީފް ވިދާޅުވި އެވެ. "ކުއްލިއަކަށް ސަފީރުންވެސް އިސްކުރަމުންދަނީ، ބޮޑެތި މަޝްރޫއުތައް ވެސް ފަށަމުންދަނީ، މީ ތަހުޒީބު ގައުމުތަކުގައި މިކަން ކުރަންވާ ގޮތެއް ނޫން." ޝަރީފް ވިދާޅުވިއެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ