މޫސުން ގޯސް ނަަމަވެސް ނާއިޝް ހޯދުން ކުރިއަށް އެބަދޭ

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އައްޑޫ ސިޓީގައި، އިހި ނަގަން އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު ނައީޝް ނަސްރު ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދާކަމަށާއި، އައްޑޫއަށް މޫސުން ގޯސްވި ނަމަވެސް ހުއްޓާ ނުލާނެކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނީ، އައްޑު އަށް މި ވަގުތު މޫސުން އެހާ ރަނގަޅު ނޫން ނަމަވެސް ނާއިޝް ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ވެސް ބަލަމުން އަންނަ ކަމަށެވެ. ވައިގެ މަގުން މި އޮޕަރޭޝަނުގައި އަންނަނީ ގަމުގައި މޯލްޑިވިއަނުން ހިންގަމުން އަންނަ ފްލައިން ސްކޫލް، މޯލްޑިވްސް އޭޝިއަން އެކަޑެމީގެ ބޯޓެއް ވެސް ބޭނުން ކުރަމުންނެވެ.
އެމްއެންޑީއެފުއިން އެންމެ ފަހުން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ނައީޝް ހޯދުމަށް 490 ނޯޓިކަލް މޭލަށްވުރެ ބޮޑު ސަރަހައްދެއް ވަނީ ބަލާފައެވެ.
އެމްއެންޑީއެފުން ރޭ ބުނީ ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑްގެ ފޯތު ސްކޮޑްރަންއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި ވައިގެ މަގުން 23.46 ސްކޮޔާ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 490 ސްކޮޔާ ނޯޓިކަލް މޭލު މިހާތަނަށް ބަލައިފައިވާ ކަމަށެވެ.
އައްޑޫ ހައި ސްކޫލްގެ ގްރޭޑް 12 ކިޔަވަމުން އައި ނާއިޝް ގެއްލުނު އިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެކެވެ. އޭނަ އިހި ނަގަން އިތުރު ދެ މީހަކާ އެކީ ފޭބީ ގަމުގެ ދެކުނު ފަރާތަށެވެ. އޭނަ ގެއްލިގެން ރިޕޯޓްކުރީ އިއްޔެ ރޭ 10:45 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ