މި ޙަމަލާތަކާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ، މިއީ އިސްރާއީލަށް "އުނދަގޫ" ރެއެއް ކަމަށެވެ. އަދި އީރާނަށް ޙަމަލާދިނުން ކުރިއަށް ގެންދާނެ ކަމަށް އޭނާ ވަނީ އަނެއްކާވެސް ވަޢުދުވެފައެވެ.
ހޮނިހިރު ދުވަހުގެ ހެނދުނު، އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ތެހެރާންގެ މާލިކް އަޝްތަރު ޔުނިވަރސިޓީގެ ރިސަރޗް ފެސިލިޓީއަކަށް ޙަމަލާދީފައެވެ. އިސްރާއީލުން ބުނީ މިއީ ނިއުކްލިއަރ ހަތިޔާރާއި ބެލިސްޓިކް މިސައިލްގެ ބައިތައް އުފައްދަން ބޭނުންކުރާ ތަނެއް ކަމަށާއި، އީރާނަށް ނިއުކްލިއަރ ހަތިޔާރު ހޯދުމުގެ ފުރުޞަތު ނުދޭނެކަމަށެވެ.
އީރާނުން އިސްރާއީލަށް ދިން ހަމަލާއެއްގައި 100 މީހުން ޒަޚަމް ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ