ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުންނަށް އަމާޒުކޮށްގެން ހިންގާ އަސާސީ ތަމްރީނު ކޯހުގެ 41 ވަނަ ބުރު، އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ފަށައިފިއެވެ.
މި ކޯސް ފެށުމުގެ ގޮތުން މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެ ކޮލެޖުގެ ޑެޕިއުޓީ ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ބަޝީރުއެވެ.
މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 17 ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގައި ޖުމްލަ 158 ފުލުހުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
މި ކޯހަކީ ފުލުހުންގެ މަސައްކަތަށް ބޭނުންވާ އިލްމީ ގާބިލުކަމާއި، ހުނަރާއި ތަޖުރިބާ އަދި ތަރުބިއްޔަތު އުނގަންނައިދިނުމަށް ކުރިއަށް ގެންދާ ކޯހެކެވެ. ކޯހުގެ މުއްދަތުގައި ފިޒިކަލް ޓްރެއިނިންގ، އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް، އަދި ޤާނޫނާއި ގަވާއިދުތަކުގެ އިތުރުން ފުލުހުންގެ ދާއިރާއާ ގުޅުންހުރި މުހިންމު ބައިތައް ކިޔަވައިދޭނެއެވެ.
ކުޅުދުއްފުށީގައި ވިޔަފާރިކުރާ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރަން ފުލުހުން ނުކުމެއްޖެ މި އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “ރައްކާ” ގެ ހަރަކާތްތައް އިފްތިތާހުކޮށްފި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެމީހުން ހައްޔަރުކޮށްފި ބ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ