އާ އަހަރަށް އުރީދޫ ކަސްޓަމަރުންނަށް ހާއްސަ އޮފަރތަކެއް

އުރީދޫ މޯލްޑިވްސް އިން 2026 ވަނަ އަހަރަ އައުން ފާހަގަ ކުރުމަށްޓަކައި ކަސްޓަމަރުންނަށް ހާއްސަ އޮފަރ ތަކެއް ވަނީ ތައާރަފު ކޮށްފިއެވެ.
ހާއްސަ ޕްރީޕެއިޑް ޕްލޭންތަކާއި، ސޯޝަލް މީޑިއާ ބަންޑަލްސް އަދި ޑޭޓާ ޑީލްތަކާ އެކު، ކަސްޓަމަރުން 2026 އަށް މަރުހަބާ ކިޔާއިރު އުރީދޫއިން މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުން އުފާފާޅުކުރަމުން ދާ ވަގުތު ތަކުގައި ވެސް މެދުނުކެނޑި ގުޅިފައި ހުރެވޭނެ ގޮތްތައް ފަހި ކޮށްދިނުމަށް އެކުންފުނިން ހާމަކުރެއެވެ.
އާ އަހަރުގެ ޕްރީޕެއިޑް އޮފާތަކުގެ ތެރޭގައި:
• ޕްރީޕެއިޑް ނިއު އިޔަރ ޕެކް
1.5 ޖީބީ ޑޭޓާ އާއި 26 ލޯކަލް މިނިޓް 26 ރުފިޔާއަށް. މިއި 3 ދުވަހުގެ ވެލިޑިޓީއާއެކު ތައްޔާރުކުރެވިފައިވާ ޕެކެކެވެ. އަދި އާއަހަރުގެ ހަފްތާ ބަންދުގައި ދަތުރުކުރާއިރު އިތުރު ޑޭޓާ ބޭނުން ކުރާ ފަރާތްތަކަށް ބޭނުންތެރި ޕެކަކަށް ވާނެއެވެ. .
• އާޗާ ޕްރީޕެއިޑް ޕްލޭން - 1 އަހަރު ވަންދެން ދުވާލަކު 2ޖީބީ
2026 ރުފިޔާގައި ޖުމްލަ 730 ޖީބީގެ މި ޕްލޭންގެ ދަށުން އަންލިމިޓެޑް އުރީދޫގެ ކޯލްތަކާއި، ދުވާލަކު 1 ޖީބީ ރެގިއުލަރ ޑޭޓާ އަދި ދުވާލަކު 1 ޖީބީ ޓިކްޓޮކް ޑޭޓާ ލިބޭނެއެވެ. .
• އާޗާ 6 މަސްދުވަހުގެ ޕްލޭން
6 މަސް ދުވަހަށް ދުވާލަކު 5.5 ޖީބީ، 2026ރުފިޔާ އަށް. މީގެ ތެރޭގައި މުޅިއަކު 990 ޖީބީ ޑޭޓާ، އަންލިމިޓެޑް ކޯލް، ޑެއިލީ ރެގިއުލަރ ޑޭޓާ، ޓިކްޓޮކް އަދި އައިއެމްއޯ އެންޑް ވައިބަރ ޑޭޓާ ހިމެނޭނެ އެވެ.
އާޗާ ޕްރީޕެއިޑް ޕްލޭން - 3 މަސް ދުވަހަށް ދުވާލަކު 3 ޖީބީ
މި ޕްލޭންގެ ދަށުން 1100 ރުފިޔާއަށް 3 މަހަށް މުޅިއަކު 270 ޖީބީ ލިބޭނެއެވެ. މީގެ ތެރޭގައި ދުވާލަކު 3 ޖީބީ ޑޭޓާ، އަންލިމިޓެޑް އުރީދޫގެ ކޯލް، ޑެއިލީ ރެގިއުލަރ ޑޭޓާ، ޓިކްޓޮކް އަދި އައިއެމްއޯ އެންޑް ވައިބަރ ޑޭޓާ ހިމެނެ އެވެ.
• އަންލިމިޓެޑް ސޯޝަލް ޑޭޓާ ޕެކް
މީގެ އިތުރުން އާ އަހަރު ފާހަގަކުރުމަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް އެއްވެސް ލިމިޓަކާ ނުލައި ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވަނީ އެންމެ 25 ރުފިޔާއަށް 1 ދުވަހުގެ ވެލިޑިޓީއަކާއެކުއެވެ. މި ޑޭޓާ ބޭނުން ކުރެވެނީ ވަކި އެޕް ތަކަކަށެވެ. .
• ޓިކްޓޮކް ސުޕަޑީލް
މެދުނުކެނޑި ޓިކްޓޮކް ބެލުމަށް ކަސްޓަމަރުންނަށް 28 ދުވަހުގެ މުއްދަތަށް ފަސް ޖީބީގެ ޓިކްޓޮކް ޑޭޓާ ހިލޭ ލިބޭނެ އެވެ. އުރީދޫ ސުޕަރއެޕްގެ ސުޕަޑީލް ސެކްޝަން އިން މި އޮފަރ ރިޑީމް ކުރެވޭނެއެވެ.
އުރީދޫގެ 5ޖީ ނެޓްވޯކް މެދުވެރިކޮށް މި ހުރިހާ އޮފަރތަކެއް ވެސް ލިބެން ހުންނާނެ އެވެ. އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނީ އަވަސް އަދި ފަސޭހަ ގޮތަކަށެވެ.
އާ އަހަރުގެ އޮފާތަކާ އެކު އުރީދޫ މޯލްޑިވްސްގެ އަމާޒަކީ މުވާސަލާތީ ވަސީލަތްތަކުގެ ޒަރިއްޔާއިން ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ކަސްޓަމަރުންނަށް އިތުރު ފަސޭހަތައް ހޯދައިދީ 2026 ވަނަ އަހަރު ވެސް ގުޅުންތައް ބަދަހި ކުރުމަށް މަގުފަހިކޮށްދިނުމެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ