އެޗްއާރްސީއެމްގެ ރައީސް ކަމަށް ޑރ. ރަމީލާ އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި

ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ރައީސް ކަމަށް ޑރ. އާއިޝަތު ރަމީލާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެޗްއާރްސީއެމްގެ ރައީސް ކަމަށް ޑރ ރަމީލާ އައްޔަނު ކުރުމަށް އެދި ރައީސް ޑރ މުޙައްމަދު މުޢިއްޒު ފޮނުއްވި މައްސަލަ ހުށަހެޅީ އިއްޔެ ދައުރުން ބޭރުން ބޭއްވި ޖަލްސާގައެވެ.
މައްސަލަ ކޮމިޓީން ދިރާސާ ކުރުމަށްފަހު މިއަދު ރަމީލާ އެ މަގާމަށް އައްޔަނު ކުރުމާމެދު މެންބަރުންގެ ވޯޓަށް ވަނީ އަހާފައެވެ. 
ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި އެޗްއާރްސީއެމްގެ ރައީސް ކަމަށް ރަމީލާ އައްޔަންކުރަން ފާސްވީ ވޯޓުގައި ބައިވެރިވި 38 މެންބަރުންގެ އިއްތިފާގުންނެވެ.
ރަމީލާ އަކީ މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗާ މިނިސްޓަރެވެ. އެހެން ނަމަވެސް ކެންސަރު ބައްޔަށް ފަރުވާ ހޯއްދެވުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރަމީލާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
އެފަހުން އެޗްއާރްސީއެމްގެ މެންބަރު ކަމަށް ރަމީލާ އައްޔަނުކިރެވުނީ މިދިޔަ ޑިސެމްބަރު މަހުގެ 3 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ