ދެ އަހަރުގެ ކުއްޖަކު ޕޫލަކަށް ވެއްޓި ނިޔާވި ހާދިސާއާ ގުޅިގެން ފުލުހުން ތަހުގީގެއް ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި އިއްޔެ ހިނގި ހާދިސާގައި ނިޔާވީ އުމުރުން ދެ އަހަރުގެ އަބްދުالله ޒިޔަން ޒިދާން އެވެ. ޒިޔާންގެ ޖަނާޒާ މިއަދު ހެނދުނު ވަނީ ބާއްވާފަ އެވެ.
ފުލުހުން ބުނީ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ދެ އަހަރުގެ ފިރިހެން ކުއްޖަކު، ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ މައްސަލައެއް2026 މާރިޗު 20 ވަނަ ދުވަހުގެ ރޭ ދަންވަރު 12:54 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ކާފު އަތޮޅުގެ ރިސޯޓެއްގެ ޕޫލަށް ވެއްޓި އެ ކުއްޖާ ގެނބިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަދި ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ދެ އަހަރުގެ ކުއްޖަކު ޕޫލަކަށް ވެއްޓި ނިޔާވެއްޖެ، މައްސަލަ ތަހުގީގު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ