ރަމަޟާން މަހު ކަރަންޓު ބިލުން ދޭ ޑިސްކައުންޓާއެކު ފެނަކަ ކަސްޓަަމަރުންގެ ބިލް ތައްޔާރުކުރާ ތާރީހަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފި އެވެ.
ފެނަކަ ކޯޕަރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރަމަޟާން މަހު ކަރަންޓުގެ ޚިދުމަތުން ޑިސްކައުންޓް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވުމާއި ގުޅިގެން، އެ ޑިސްކައުންޓް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ކަސްޓަމަރުންނަށް ހަމަޖައްސައިދިނުމަށް ބިލްތައްޔާރުކުރާ ތާރީހަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
ފެނަކަ އިން ގެންނަން ނިންމި ބަދަލުތަކާއެކު، މި ހިނގާ ފެބްރުއަރީ މަހުގެ ބިލު ތައްޔާރު ކުރެވޭނީ ޖެނުއަރީ 25 އިން ފެބުރުއަރީ 17 އާ ހަމައަށެވެ. އަދި ރަމަޟާން މަހުގެ ކަރަންޓު ބިލު ތައްޔާރު ކުރެވޭނީ ފެބުރުއަރީ 17 އިން މާރޗް 20ގެ ނިޔަލަށެވެ. އަދި އެއަށްފަހު، ކަރަންޓު ބިލު ހިނގާނީ ކޮންމެ މަހެއްގެ 20 ން ފެށިގެން ޖެހިގެން އަންނަ މަހުގެ 20 އަށެވެ.
ރަމަޟާން މަހުގެ ރީޑިން ނެގުމަށް ހަމަޖެހިފައިވަނީ 17 ވަނަ ދުވަހު ކަމަށާއި، އަދި ރަމަޟާން މަހުގެ ބިލުގައި "ރަމަޟާން ޑިސްކައުންޓް 1447" ބަޔާންކޮށް ޑިސްކައުންޓުގެ ގޮތުގައި ލިބުނު އަދަދު ހިމެނިފައި އޮންނާނެ ކަމަސް ފެނަކައިން ވަނީ ބުނެފައެވެ.
ރަމަޟާން މަހުގެ ކަރަންޓު ބިލު ތައްޔާރު ކުރެވޭނީ -/400 ރުފިޔާއަށްވުރެ ބޮޑު ނުވާނެހެންނެވެ. މި ޑިސްކައުންޓް ލިބޭނީ މީހުން ދިރިއުޅޭ ގޭބީސީތަކުގެ ބިލަށެވެ.
ރަމަޟާން މަހު ކަރަންޓު ބިލުން ދޭ ޑިސްކައުންޓާއެކު ފެނަކަ ކަސްޓަަމަރުންގެ ބިލް ތައްޔާރުކުރާ ތާރީހަށް ބަދަލުތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ