ބީއެމްއެލްގައި ޑޮލަރު ލިކުއިޑިޓީ ނެތްކަމަށް ބުނެ ދައްކަމުންދާ ވާހަކަ އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް މިރޭ ދޮގުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ބީއެމްއެލްގެ އޭޓީއެމް ވިއުގަ ފުޅާކޮށް އާ ހަ ބްރާންޗެއް އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް މިރޭ ވިދާޅުވީ އާންމުންނާއި ބޭންކުގެ ކަސްޓަމަރުންނަށް އޮޅޭގޮތަށް ބޭންކަށާއި މުޅި ރާއްޖޭގެ އިގްތިސޯދަށް ގެއްލުންވާނެ ފަދަ ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ.
ބުނީ ކީކޭ؟ - "މިއަދު ވަރަށް ބޮޑަށް ފަތުރަމުންދާ ވާހަކައެއް ބޭންކުގެ ޑޮލަރު ލިކުއިޑިޓީ ނެތް ވާހަކަ. ޓީޓީ ނުފޮނުވޭ ވާހަކަ. އަދި އަޅުގަނޑުމެންގެ އެންއޯޕީ ވަރަށް ދަށް ވާހަކަ. އަޅުގަނޑު ކުރިން ވެސް ދެންނެވިހެން އަޅުގަނޑުމެންގެ އެންއޯޕީ ހުރީ ކުރިން ނެތް ވަރަށް ހަރުދަނާ ގޮތެއްގައި އެންމެ ރަނގަޅު މިންވަރަކަށް،" ޝަރީފް ވިދާޅުވި އެވެ.
މީގެ އިތުރުން އެމްއެމްއޭގައި ހުރި ބޭންކުގެ ރިޒާވް ވެސް ހުރީ ރަނގަޅު މިންވަރެއްގައި ކަމަށާއި ނޮސްޓްރޯގަައި ވެސް ރަނގަޅު މިންވަރަކަށް ފައިސާ އެބަހުރި ކަމަށް ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިއަދާއި ހަމައަށް ނުފޮނުވާ ބަހައްޓާފައި ހުރި އެންމެ ޓީޓީ އެއްވެސް ނުހުންނާނެ. އަޅުގަނޑުމެން އަތުގައި ކޭޝް ވެސް އެބަހުރި. މިރޭ މި ހުޅުވީ 70 ޑޮލަރު އޭޓީއެމް. މި ހުރިހާ ޑޮލަރު އޭޓީއެމްއަކުން ވެސް ޑޮލަރު ނެގުމުގެ ހިދުމަތް ލިބޭނެ."
ޝަރީފް ވިދާޅުވީ ބީއެމްއެލްއާ މެދު ނުރަނގަޅު ތަސައްވަރު އުފެދޭގޮތަށް ވާހަކަ ދައްކަނީ ބޭންކަށް ގެއްލުން ދިނުމުގެ ބޭނުމުގައި ކަމަށާއި އެފަދަ އަމަލުތަކުގެ ގެއްލުން ލިބޭނީ ހަމައެނަކު ބޭންކަށް ނޫން ކަމަށެވެ.
"ރާއްޖޭގެ އިގްތިސޯދަށް ވެސް މީގެ ގެއްލުން ލިބޭނެ."
ގުޅުން ހުރި - މާލީ އިދާރާތަކާއި ބޭންކުތަކުގެ މެދުގައި މުއާމަލާތްތައް ކުރާ ބައިނަލްއަގުވާމީ ނިޒާމު ކަމަށްވާ ސްވިފްޓުން ރާއްޖެެ ސަސްޕެންޑުކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަ ވެސް ޝަރީފް ރޭ ވަނީ ދޮގު ކުރައްވައިފަ އެވެ.
ބީއެމްއެލްގައި ޑޮލަރު ލިކުއިޑިޓީ ނެތްކަމަށް ބުނާ ވާހަކަ ދޮގުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ