އިންތިހާބުގެ ކެމްޕެއިން ނިންމަން އެމްޑީޕީން ބާއްވާ ބޮޑު ހިނގާލުން މިއަދު ހަވީރު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ކެމްޕެއިން ނިންމުމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން ބާއްވާ ބޮޑު ހިނގާލުން މިއަދު ހަވީރު އޮންނާނެ ކަމަށް އެޕާޓީން ބުނެފިއެވެ.
ހިނގާލުން ފަށާނީ މިއަދު ހަވީރު 4:00 ގައި އާޓިފިޝަލް ބީޗުންނެވެ.
އެމްޑީޕީން ވަނީ، މި ސަރުކާރަށް ބޮޑު ތަނުން ނޫނެކޭ ބުނެ، ޤައުމުގެ ހެވާއި ލާބައަށް އެދިގެން ޤައުމުގެ މިސްރާބު ހަމަ މަގަށް އެޅުވުމަށްޓަކައި ވީހާވެސް ގިނަ ރައްޔިތުން ހިނގާަލުމުގައި ބައިވެރިވުމަށް އެދިފައެވެ. 
މި ހިނގާލުމަކީ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މުހިންމު އިންތިޚާބުތަކުގެ ކެންޕެއިން ނިންމާލުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. މާދަމާ ނަގާ ތިން ވޯޓަކީ:
- ލޯކަލް ކައުންސިލް އިންތިޚާބު.
- އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު.
- ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓު.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ