ތިނަދޫ ޑަބްލިއުޑީސީއާއި އެމްއެންޔޫ ތިނަދޫ ކެމްޕަހާއި ގުޅިގެން ބޭއްވި ފޮތް މައުރަޒަށް ބޮޑު ތަރުހީބެއް!

ފޮތްތަކަށް ލޯބުކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ތިނަދޫގައި ޚާއްސަ ފޮތް މައުރަޒެއް ކުރިޔަށްގެންގޮސްފި އެވެ.
މި މައުރަޒަކީ ތިނަދޫ އަންހެހުންގެ ތަރައްްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އިސްނަގައިގެން އެރަށުގެ އެމްއެންޔޫ ކެމްޕަހާއި ގުޅިގެން ތިނަދޫގެ ލިޔުންތެރިންގެ އުފެއްދުންތައް ދައްކާލުވުމަށް ކުރިޔަށްގެންދިޔަ ފޮތް މައުަރަޒެކެވެ.
މިދިޔަ ހަފްތާ ބަންދުގައި ބޭއްވި މި މައުރަޒުގައި ތިނަދޫގެ 8 ލިޔުންތެރިއެއްގެ ފޮތްތަށް ދައްކާލާފައިވާއިރު ތިނަދޫގައި ހިންގާ ދެ ބުކްޝޮޕަކުންވެސް ވަނީ ބައިވެރިވެފައި އެވެ. ބޮޑު ތަރުހީބެއް ލިބިގެންދިޔަ މި މައުރަޒަށް 1000 އަށްވުރެ ގިނަ މީހުން ޒިޔަރާތްކޮށްފައިވާކަމަށް ތިނަދޫ ޑަބްލިއުޑީސީން ވަނީ ހާމަކޮށްފައެވެ.
މި މައުރަޒުގެ ތެރޭގައި ކޭންވާ ބޭނުންކޮށްގެން ފޮތް ތައްޔާރުކުރާނެ ގޮތުގެ 6 ގަޑިއިރުގެ ޚާއްސަ ސެޝަނެއް ކުރިޔަށްގެންދިޔައިރު އެ ސެޝަންގައި 30 ބައިވެރިން ވަނީ ބައިވެރިވެފައި އެވެ.
އަދި ފަތް މައުރަޒަށް ޒިޔާރާތްކުރި ފަރާތްތަކުގެ މެދުގައި ޚާއްސަ ގުރުއަތުލުމެއް ވެސް ވަނީ ބާއްވާފައި އެވެ. އެގޮތުން ގުރުއަތުން ހޮވުނު ފަރާތްތަކަށް 5000 އާއި 3000 ރުފިޔާ އަދި 1500 ރުފިޔާގެ ފައިސާގެ އިނާމުވެސް ވަނީ ހަދިޔާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ