މަސްތުވާތަކެތި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި މީހަކު 12 އަހަރަށް ޖަލަށް ލާން މިދިޔަ އަންގާރަ ދުވަހު ހުކުމްކޮށްފި އެވެ.
ވީކިހިނެއް؟ - 12 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި މީހަކީ އަލީ ސާއިމް، ޝީރާޒީގެ/ސ. ފޭދޫ އެވެ.
ތަފްސީލް - ސާއިމްގެ މައްޗަށް ދައުލަތުން އުފުލީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އެވެ. ކްރިމިނަލް ކޯޓުން ނެރުނު ހުކުމުން އެނގޭ ގޮތުގައި، ފުލުހުން ސާއިމް ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކޮށްގެން ފެނިފައިވަނީ:
ޖޫސްޕެޓީ ކޮތަޅެއްގައި 85 ގްރާމުގެ ޑައިމޯފިން
ރަބަރު ޕެކެޓެއްގައި 397 ގްރާމްގެ ޑައިމޯފިން
ރަބަރު ޕެކެޓެއްގެ ތެރޭގައިވާ ކުޑަ ހަ ރަބަރު ޕެކެޓެއްގައި 4.5 ގްރާމްގެ ޑައިމޯފިން
ޑިޖިޓަލް ކައްޓާއަކާއި ބައިވަރު ހުސް ރަބަރު ޕެކެޓްތަކެއް
އޭނާ ބަންދުގައި ހޭދަކުރި ދުވަސްތައް އުނިކުރުމުން 12 އަހަރުގެ ޖަލު ހުކުމުން ތަންފީޒުކުރަން ޖެހެނީ 10 އަހަރާއި 10 މަހާއި 10 ދުވަސްކަން ކޯޓުގެ ހުކުމުން އެނގެ އެވެ.
ޖަލަށް ލުމުގެ އިތުރުން 50،000ރ. އިން ޖޫރިމަނާކުރުމަށް ވެސް ކޯޓުން ހުކުމްކޮށްފައިވެ އެވެ. އެ ފައިސާ 12 މަސްދުވަހުގެ ތެރޭގައި ދައްކަންޖެހޭނެ ކަމަށް ކޯޓު ހުކުމުގައިވެ އެވެ.
ޑްރަގް ވިޔަފާރިކުރި މީހަކު 12 އަހަރަށް ޖަލަށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ