ސްޓޮކް މަދުވުމުގެ ސަބަބުން މޯލްޑިވް ގޭސް އިން ގޭސް ވިއްކުން ކޮންޓްރޯލްކޮށް، ސިލިންޑަރުތަކަށް ގޭސް އަޅާ މިންވަރު މަދުކުރަން ފަށައިފި އެވެ.
"އަދަދު" ނޫހަށް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބަދަލުތަކަށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.
އެސްޓީއޯއަށް ގޭސް އެތެރެކުރުމުގައި ދިމާވި ދަތިތަކާ ގުޅިގެން، މޯލްޑިވް ގޭސްއަށް މިހާރު ގޭސް ފޯރުކޮށްދެމުންދަނީ ވިލާ ހަކަތައިންނެވެ. މިގޮތަށް ގޭސް ފޯރުކޮށްދޭން ފަށާފައިވަނީ މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެންނެވެ.
މައުލޫމާތު އެނގޭ އޮފިޝަލަކު "އަދަދު" އަށް ބުނި ގޮތުގައި، ގޭސް ކޮންޓްރޯލް ކުރުމުގެ ގޮތުން މިހާރު 10 ކިލޯގެ ސިލިންޑަރުތަކަށް އަޅައިދެނީ 7 ކިލޯގެ ގޭހެވެ. އަދި އެއަށްވުރެ ބޮޑެތި ފުޅިތައް ވިއްކަނީ 50 ޕަސެންޓު މަދުކޮށްގެން ކަމަށެވެ.
މި ހާލަތަށް ދިޔުމުން، ގޭސް ލިބުމުގައި އެއްވެސް ތާށިކަމެއް އެބައުޅޭތޯ އެސްޓީއޯގެ އޮފިޝަލަކު އަދަދު ނޫހަށް ބުނީ ގޭހަށް ޖެހިފައި ނުވާ ކަމަށާއި މެނޭޖުކޮށްގެން ގޭސް ފޯރުކޮށް ދެވޭ ކަމަށެވެ.
މީގެ ކުރިން އަދަދު އިން ވަނީ އެސްޓީއޯގެ ގޭސް ސްޓޮކް ދަށްވެގެން، ވިލާ ހަކަތައިން ގޭސް ގަންނަން ފެށި ކަން ރިޕޯޓުކޮށްފަ އެވެ. މިއާ ގުޅިގެން ވިލާގެ ސްޓޮކަށް ވެސް ވަނީ ބާރު ބޮޑުވެފަ އެވެ. އަދި، އިތުރު ތާއްޓެއް އަޔަނުދިނުމުގެ ގޮތުން ވިލާއިން ވަނީ ގޭސް ސްޓޮކް ޝިޕްމަންޓް އަވަސްކޮށްފަ އެވެ.
ސްޓޮކް ދަށްވެ، ކޮންޓްރޯލް ކޮށްގެން ގޭސް ވިއްކަން ފަށައިފި ސްޓޮކް ދަށްވެ، ކޮންޓްރޯލް ކޮށްގެން ގޭސް ވިއްކަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ