ރިއާނާގެ އަމިއްލަ ބްރޭންޑް އިޝްތިހާރުކުރަން އިންޑިއާގެ މުމްބާއީއަށް
މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ އޭނާގެ އަމިއްލަ ބިއުޓީ ބްރޭންޑު އިޝްތިހާރުކުރުމަށް ބާއްވާ ޚާއްސަ ހަފުލާއަކަށް އިންޑިއާގެ މުމްބާއީއަށް އަތުވެއްޖެއެވެ. މި ހަފުލާއަކީ "ފެންޓީ ބިއުޓީ ކީ ހަވޭލީ"ގެ ނަމުގައި މުމްބާއީގައި ކުރިއަށްގެންދާ ޕޮޕްއަޕް ހަރަކާތެކެވެ. އިއްޔެއިން ފެށިގެން މި އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި ހަރަކާތުގައި، ރިއާނާގެ ބިއުޓީ ބްރޭންޑުން ހުރިހާ ފަންތިއަކަށް އަމާޒުކޮށް އުފައްދާފައިވާ އުފެއްދުންތައް ދައްކާލާނެއެވެ. މިއީ 2024 ވަނަ އަހަރު ބޭއްވީ އިންޑިއާގެ މަހުޖަނު އަމްބާނީ އާއިލާގެ ކައިވެނީގެ ކުރިން ބޭއްވި ހަފުލާއެއްގައި ޝޯ ހުށަހަޅައިދިން ފަހުން، ރިއާނާ އިންޑިއާއަށް ކުރި ދެވަނަ ދަތުރެވެ. ރިއާނާގެ ބިއުޓީ ބްރޭންޑް މިދިޔަ އަހަރު އިންޑިއާގައި ތައާރަފު ކުރުމާއެކު އާއްމުންގެ ވަރަށް ބޮޑު ތަރުހީބެއް އެ ބްރޭންޑަށް ވަނީ ލިބިފައެވެ. ރިއާނާގެ ބިއުޓީ ބްރޭންޑުގެ ގިނަ އުފެއްދުންތައް އިންޑިއާގެ މަޝްހޫރު 'ޓީރާ ބިއުޓީ' އަދި 'ސެފޯރާ އިންޑިއާ' މެދުވެރިކޮށް އާއްމުންނަށް މިހާރު ލިބޭނެ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ. ރިއާނާ އަމްބާނީ އާއިލާގެ ބައެއް މެމްބަރުންނާ އެކު--ފޮޓޯ/އެންޑީޓީވީ 'ޓީރާ ބިއުޓީ' އަކީ މުކޭޝް އަމްބާނީގެ އަންހެން ދަރިފުޅު އިޝާ އަމްބާނީގެ ހިންގަމުން އަންނަ ބިއުޓީ ޗެނަލްއެކެވެ. މި ޕްލެޓްފޯމް އަކީ އަމްބާނީ އާއިލާގެ ރިލަޔަންސް ރީޓެއިލްގެ ދަށުން 2023ގައި ތައާރަފްކުރި ގޮތްޕެކެވެ. ރިއާނާގެ ބިއުޓީ އުފެއްދުންތައް އެކްސްކްލޫސިވްކޮށް ގަތުމުގެ ހުއްދަ ހަމައެކަނި އޮންނަނީ ވެސް އިޝާ އަމްބާނީގެ 'ޓީރާ ބިއުޓީ' އަތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ