ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެ

މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު މަރުވެއްޖެ އެވެ.ފުލުހުން ބުނީ މާލެ ކަސްޓޯޑިއަލްގައި ބަންދުގައި ހުރި މީހަކު ބަންދު ގޮޅީގައި ވެއްޓިފައި އޮއްވާ ފެނިގެން މިއަދު ހަވީރު އައިޖީއެމްއެޗަށް ގެންދިޔަ ކަމަށެވެ.އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.ފުލުހުންގެ ބަންދުގައި ހުއްޓާ މަރުވީ މ. ރޭއަލިވާގެއާގެ / މާލެ، އަޙްމަދު ނަވްޝާދު (41އ) އެވެ. އެ މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ