އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން ރޯދަ މަހުގެ8 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން މިގެނެސްދެނީ ވަރަށް ތަފާތު އަދި މީރު ފޮނިއެއްޗެއް ކަމަށްވާ “ ބަރެޑް ޕުޑިން” ތައްޔާރުކުރާނެ ގޮތެވެ.
ބޭނުންވާތަކެތި:
1 ޕާން (ބޮޑު، އަރިމަތި ކަފާފައި) 1 ދަޅު ގެރިކިރު (ޑަބަލް ޕީޗް) 1 ޖޯޑު ފެން 4 ކުކުޅު ބިސް 2 ސައިސަމުސާ ވެނީލާ އެސެންސު 2 މޭޒުމަތީ ސަމުސާ މާޖިރީން 2 މޭޒުމަތީ ސަމުސާ ހަކުރު 50 ގުރާމު ހިކި މޭބިސްކަދުރު
ތައްޔާރުކުރާނެގޮތް:
ދަޅުގެ ތިންބައި ކުޅަ ދެބައި ގެރިކިރު، 4 ކުކުޅު ބިސް، ފެން ޖޯޑާއި ވެނީލާ އެސެންސު މިކްސަރަށް އަޅައި ތިން މިނެޓު ވަންދެން ގިރާލާށެވެ. ޕާންފޮތިތަކުގެ ދެ ފުށުގައި (ކުޑަކޮށް) މާޖިރީން ހާކާފައި، (ފުލަށް ހަކުރުކޮޅެއް ފަތުރާލާފައި ކެރަމަލް ކޮށްފައި ހުރި ) ޓްރޭގައި އަތުރާލާށެވެ. އޭގެ މައްޗަށް ހަކުރުކޮޅެއް ބުރުވާލާފައި، (ބޭނުމިއްޔާ ހިކި މޭބިސްކަދުރު އަޅާފައި) އޭގެ މަތީގައި ދެން ހުރި ޕާންފޮތިތައް އެތުރާލާށެވެ. އެ ގޮތަށް އެއްކޮށް އަތުރާ ނިންމާފައި، އޭގެ މައްޗަށް ސޯސްގަނޑު އެޅާފައި ޕާނުގެ ތެރެއަށް ސޯސްގަނޑު ވަންނަންދެން ބަހައްޓާލުމަށް ފަހު، އެއްކޮށް ވަދެ ނިމުނީމައި، އަވަނުން ނުވަތަ މައިކްރޯވޭވުން ފިހެލާށެވެ. ދެން ތައްޓަކަށް އަޅާފައި މައްޗަށް ވެނީލާ އައިސްކްރީމް ސްކޫޕެއް އަޅާފައި ސާރވް ކުރާށެވެ.
އޭއޯ ރޯދައިގެ ބަދިގެ: ރައިސް ޕުޑިންގ އޭއޯ ރޯދައިގެ ބަދިގެ: މެލަން މިލްކްޝޭކް އޭއޯ ރޯދައިގެ ބަދިގެ: ޗައިނީޒް ޗިކެން އޭއޯ ރޯދައިގެ ބަދިގެ: ޗިޗަންޑާ މަސްހުނި މަގުބޫލު ލިޔުންތައް މާލޭގެ ގެއަކުން މީހަކު ސަލާމަތްކުރި ބިރުވެރި ހާދިސާ މަސްތުވާތަކެތީގެ މައްސަލަ: ފ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ