ހުޅުދު އާއި މީދޫގެ އިހުތިސާސަށް ބަދަލުގެނެސްފި

ރައީސް މުހައްމަދު މުއިއްޒު، އައްޑޫ ހުޅުދު އާއި މީދޫގެ އިދާރީ ދާއިރާތަކުގެ އިހްތިސާސަށް ބަދަލު ގެންނަވައި، އެ ބަދަލުތައް ރަސްމީކޮށް އިއުލާންކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ ބަދަލުތައް ގެނައީ 25 އޮކްޓޫބަރު 2025ގައި ބޭއްވި އައްޑޫ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ނަތީޖާއާ ގުޅިގެންނެވެ.
ތަފްސީލު - އެ ވޯޓުގައި އާންމުން ނިންމީ އައްޑޫ ސިޓީގެ އިހުތިސާސްގެ ބައެއްގެ ގޮތުގައި ކުރިން އޮތް ހުޅުދު އާއި މީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައެޅުމަށެވެ.
އެ ބަދަލުތައް އެކަށައަޅުއްވައި، ރައީސްގެ ތިން ގަރާރު މިއަދު ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިއުކޮށްފަ އެވެ. އެ ގަރާރުތަކުގައި އައްޑޫ ސިޓީ، ހުޅުދޫ އަދި މީދޫގެ އިހުތިސާސްތައް  މިހާރު ކަނޑައަޅާފައިވާ ގޮތުގެ ޗާޓެއް ވެސް ވަނީ ހިމަނާފަ އެވެ.
އެއް ފަސްގަނޑަކަށް އޮންނަ ހުޅުދު އާއި މީދޫ ވަކިކުރަނީ:
ސ. އަތޮޅު މަދުރަސާގެ ދެކުނުން އޮންނަ އާބާދުމަގުގެ ދެކުނު ފަޅީގައި ދިރިއުޅެނީ ހުޅުދޫ ރައްޔިތުން
އެ މަގުގެ އުތުރުގައި ދިރިއުޅެނީ މީދޫ ރައްޔިތުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ