މާލޭގެ ބާޒާރުގައި އޮރެންޖެއްގެ އަގު 15ރ. އަށް އުފުލިއްޖެ

މާލޭގެ ބާޒާރުގައި އޮރެންޖެއްގެ އަގު 12-15ރ. އަށް އުފުލިއްޖެ އެވެ. ލޯކަލް މާރުކޭޓާއި އާންމު ބައެއް ފިހާރަތަކުގައި އޮރެންޖެއް މިއަދު ވިއްކަނީ 12-15ރ. އާ ދެމެދުގެ އަގުތަކުގަ އެވެ. ރޯދައިގެ ކުރިން ވެސް މާލޭގެ ބާޒާރުގައި އޮރެންޖުގެ އަގު ވަނީ އުފުލިފަ އެވެ.ދިވެހީން ފަނިގިރުމަށް ބޭނުންކުރާ އެހެން ބައެއް ތަކެއްޗަށް ބަލާއިރު ދިވެހި ކުރުނބާގެ އަގު ހުރީ، 50 ރުފިޔާއާއި 60 ރުފިޔާއާ ދެމެދުގައި ހިފެހެއްޓިފައެވެ. އަދި އަލަނާސި ގަނޑެއް 70 ރުފިޔާ އާއި 75 ރުފިޔާއަށް އުޅޭއިރު މީގެ ކުރީން އަލަނާސީގެ އަގު ހުރީ 60 ރުފިޔާގަ އެވެ.ރޯދަމަހު ދިވެހީންގެ ތެރޭގައި މަޝްހޫރު ރަތް ކަރާގެ އަގު ވެސް ބާޒާރުގައި ހިފެހެއްޓި، މިހާރު އުޅެނީ 20 ރުފިޔާއާއި 25 ރުފިޔާއާއާ ދެމެދުގެ އަގެއްގަ އެވެ. އަދި މެލަން އުޅެނީ ކިލޯއެއް 55 ރުފިޔާއަށް ކަމަށްވާއިރު، ދިވެހި އަނބު ކިލޯއެއް އުޅެނީ 120 ރުފިޔާއަށެވެ. އެއީ ރޯދަމަސް ފެށުނުއިރު ވެސް، އަނބު ކިލޯއެއްގެ އަގު ހުރިވަރުކަން ފާހަގަކޮށްލެވެ އެވެ.ބާޒާރުގައި ދެން އަގު އުފުލުނު ބާވަތުގެ ތެރޭގައި ފަޅޯ ހިމެނެ އެވެ. މިގޮތުން ރަނގަޅު ފަޅޯ ކިލޯއެއް މިހާރު ލިބެންހުރީ 60ރ. އާއި 70ރ. އާ ދެމެދުގެ އަގެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ