މިއަހަރުވެސް ސިފައިންގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ޑީފެންސް ފޯސް (އެމްއެންޑީއެފް) އިން ހަރަކާތްތަކެއް ބޭއްވުމަށް ނިންމައިފި އެވެ.
މި އަހަރުގެ ސިފައިންގެ ދުވަހުގެ ހަރަކާތްތައް ފެށުމަށްޓަކައި މިއަދު ވަނީ ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ގާއިމްކޮށްފައިވާ އެމްއެންޑީއެފްގެ ހުރިހާ މަރުކަޒުތަކެއްގައި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މާލޭގައި މި ރަސްމިއްޔާތު ބާއްވާފައިވަނީ ކަޅުތުއްކަލާކޮށީގަ އެވެ.
ސިފައިންގެ ދުވަހުގެ މުނާސަބަތުގައި، މާލޭގެ މަގުތަކުގައި ކުރިއަށްގެންދާ ސިފައިންގެ އަސްކަރީ ހިނގާލުން ބޭއްވުމަށް ނިންމާފައިވަނީ މޭ 2 ވަނަ ދުވަހު އެވެ. އެ ދުވަހުގެ ހަވީރު 16:15ގައި ފެށުމަށް ހަމަޖެހިފައިވާ މި ހިނގާލުމުގައި ދިވެހި ސިފައިންގެ ލަޝްކަރުގެ ތަފާތު ދާއިރާތަކާއި ހިދުމަތްތައް އާންމުންނަށް ދައްކާލުމުގެ އިތުރުން، އެމްއެންޑީއެފް ބޭންޑުގެ ހުށަހެޅުންތައް ކުރިއަށްދާނެ އެވެ.
މި މުނާސަބަތާ ގުޅިގެން ބާއްވާ އެންމެ މުހިންމު އެއް ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ސިފައިންގެ ދުވަހުގެ ރަސްމީ ޖަލްސާ އެވެ. މޭ 9ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ތާވަލުކޮށްފައިވާ ޖަލްސާގައި، އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަދަ މުހިންމު ހިދުމަތްތަކެއް ކޮށްފައިވާ ސިފައިންނަށް ހިތްވަރު ދިނުމުގެ އިތުރުން، އެމްއެންޑީއެފަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ އާންމު ފަރާތްތަކުގެ އަގުވަޒަންކުރުން އޮންނާނެ އެވެ.
ސިފައިންގެ ދުވަހާ ގުޅިގެން ހާއްސަ ހަރަކާތްތަކެއް ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ