އައްޑޫގެ ތަރައްގީއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި އަހުމަދު ސޯލިހު އަލިދީދީ އަވަހާރަވެއްޖެ
ދިވެހި ދައުލަތަށް، ހާއްސަކޮށް އައްޑޫ ސިޓީގެ ތަރައްގީއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަހުމަދު ސޯލިހު އަލިދީދީ މިއަދު އަވަހާރަވެއްޖެ އެވެ.ސ. ހިތަދޫ، ފެހިވިލާގެ، އަހުމަދު ސޯލިހު އަލިދީދީ އަވަހާރަވީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި މިއަދުގެ ވަގުތެއްގަ އެވެ.އޭނާގެ ޖަނާޒާ ބާއްވަން ނިންމާފައި ވަނީ މިރޭގެ އިޝާ ނަމާދަށް ފަހު ހިތަދޫ މަސްޖިދުއްތަގުވާ (ހުސައިން މޫސާ މިސްކިތް) ގަ އެވެ. މައްޔިތާ އަށް ޒިޔާރަތް ކުރުން އޮންނާނީ މިއަދުގެ މެންދުރު 2 އިން އިރުއޮއްސި 6:30 ވަންދެންނެވެ.އަލިދީދީ ވަނީ ދިވެހި ދައުލަތަށް 45 އަހަރު ޚިދުމަތް ކުރައްވާފައެވެ. އޭގެތެރޭގައި އައްޑޫ ހިތަދޫ ކަތީބުކަމާއި އައްޑޫގެ އަތޮޅުވެރިކަމާއި ރައްޔިތުންގެ މަޖިލީހުގައި އެ އަތޮޅުގެ މެމްބަރުކަންވެސް ހިމެނެއެވެ.އަލިދީދީ ދިވެހި ދައުލަތަށް ހިދުމަތްކުރައްވާން ފެއްޓެވީ 1965 ވަނަ އަހަރެވެ. އަދި ރިޓަޔާ ކުރައްވާފައި ވަނީ 2009 ވަނަ އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ