މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މިހާތަނަށް ކުރެވުނު މަސައްކަތްތަކުން ބައެއް އެއާލައިންތަކުގެ ދަތުރުތައް ފެށިފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ބައެއް އެއާލައިންތަކުން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް ހުއްޓުމަކަށް އައި ނަމަވެސް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު ކުރެވިގެން ދިޔަ މަސައްކަތްތަކުން ބައެއް އެއާލައިންތަކުގެ ދަތުރުތައް ފެށިފައިވާކަމަށެވެ. އެގޮތުން އެމިރޭޓްސް، އިއްތިހާދު އަދި ފްލައި ދުބާއީ މި ދިޔަ ހަފްތާ އިން ފެށިގެން ޖުމްލަކޮށް ކޮންމެ ދުވަހަކު ފްލައިޓެއް ރާއްޖެ އަންނަމުންދާކަމަށެވެ. އެ އެއާލަިއންތަކުގެ ދަތުރުތައް ފެށުމަކީ މި ދަނޑިވަޅުގައި ލިބިގެންދިޔަ ކުރިއެރުމެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވީ، އެ އެއާ ލައިންތަކުގެ އިތުރުން ބެލަރޫސްގެ ބެލަވިއާގެ ދަތުރުތައް ރާއްޖެއަށް ފެށުމުގެ ކަންތައްތައް ހަމަޖައްސަމުންދާކަމަށެވެ.
ރޭޝިއޯއަށް ބަލަންޏާމު އެހެން ގައުމުތަކާ އަޅާ ބަލާއިރު، ރާއްޖެއަށް ކުރިއެރުންތަކެއް ލިބިފައިވާއިރު، މި އެޕްރިލް މަހުގެ 9 އަކުން ފެށިގެން ގަތަރް އެއާވޭސްއިން ދުވާލަކު 5 ފްލައިޓް އޮޕަރޭޓް ކުރަން ފަށާނޭ ކަމަށާއި، އެ ދަތުރުތަކުގެ ޝެޑިއުލް ވެސް މިހާރު ދީފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެއާލައިން މި އޮޕަރޭޓް ކުރަނީ ދެ ޝެޑިއުލަކަށް. ރާއްޖޭގައި އަބަދުވެސް ވިންޓާ ޝެޑިއުލްއަށް ވުރެ ސަމާ ޝެޑިއުލްގައި ބުކް ލޯޑް ދަށްވާނެ. އެހެން ނަމަވެސް މި އަޅުގަނޑުމެންނަށް މި އެޕްރިލް މަހު ފަހުން ވެސް އެއިރޯ ފްލޯޓް އިތުރު ތިން ފްލައިޓް މެއިންޓެން ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައި އެބައޮތް. އަދި ޝެޑިއުލް ވެސް ފައިލް ކުރައްވާފައި އެބަވޭ
މިނިސްޓަރު އަމީން
މިނިސްޓަރު ވިދާޅުވީ، ހަނގުރާމަ ފެށިގެން ދިޔައިރު ރާއްޖެއަށް އުދުހުންތައް ބާއްވަމުން އަންނަ ފްލައިޓްތަކުގައި އަންނަ މީހުންގެ އަދަދު 50 އިންސައްތައިގަ ހުރިނަމަވެސް ފްލައިޓް ލޯޑް މިހާރު 75 އިންސައްތައާ ހަމަޔަށް ގެންދެވިފައިވާކަމަށެވެ. މިއީ މި ހާލަތުގައި ލިބިގެންދިޔަ ކުރިއެރުމެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިކަމުގައި ހާރިޖީ ވުޒާރާއިންނާއި ޓޫރިޒަމް މިނިސްޓްރީން ބޮޑު އެއްބާރުލުމެއް ލިބެމުން އަންނައިރު، މި އެހީތެރިކަމާއެކު ކުރިއަށް އޮތްތަނުގައި މި ހާލަތުން އަރައިގަތުމަށް މަގުފަހިވެގެންދާނޭކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކުރެވުނު މަސައްކަތްތަކުން ބައެއް އެއާލައިންތައް އަންނަން ފަށައިފި: އަމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ