ކާރެއްގެ މައްޗަށް ބަރަހަނާކޮށް ވެއްޓުނީ ޝިއުނާ އެއްނޫން: ފުލުހުން

2013 ވަނަ އަހަރު މާލޭގެ ގެއެއްގެ ތިންވަނަ ފަންގިފިލާއިން މަގުމަތީގައި އޮތް ކާރެއްގެ މައްޗަށް އަންހެނަކު ވެއްޓުނު ހާދިސާގައި އަނިޔާވި މީހަކީ މަރިޔަމް ޝިއުނާ ނޫންކަން ދިވެހި ފުލުހުންގެ ހިދުމަތުން ކަށަވަރުކޮށްދީފިއެވެ.
"އެ މައްސަލައިގެ ކޭސްފައިލަށް ބަލާއިރު 2013 އޯގަސްޓް 31 ވަނަ ދުވަހު ގެއެއްގެ 3 ވަނަ ފަންގިފިލާއިން ވެއްޓިފައި އޮތް، އަންހެންމީހާގެ، ބަޔާނާއި އެ މައްސަލައިގައި، ސުވާލުކުރެވުނު އިތުރު މީހުންގެ ބަޔާންތަކާއި ކަން ހިނގާފައިވާގޮތުގެ، ލިޔުންތައް އެބަހުއްޓެވެ. އެ ލިޔުންތަކުން، ވެއްޓުނު އަންހެންމީހާ އަކީ، ތިފަރާތް މަރިޔަމް ޝިއުނާ، ނޫންކަން އެނގެއެވެ." ފުލުހުންގެ ޖަވާބުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ