ސައުދީ އަރަބިއާގައި ހުންނަ ޕްރިންސް ސުލްތާން އެއާބޭސްއަށް އިރާނުން އިއްޔެ ދިން ކާމިޔާބު މިސައިލް ހަމަލާގައި އެމެރިކާ އިން ޖާސޫސްކުރަން ގެންގުޅޭ މުހިންމު މަތިންދާބޯޓެއް ފުނޑުފުނޑުވެފައިވާކަން ފަޅާއަރައިފި އެވެ.
އެ ހަމަލާތަކުގައި ލިބުނު ގެއްލުންތަކުގެ ސީދާ ތަފުސީލެއް އަދި މިހާތަނަށް ރަސްމީ އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވި ނަމަވެސް އެމެރިކާގެ ސީބީއެސް ނޫހުން ރިޕޯޓުކުރާ ގޮތުގައި ހަމަލާގައި އެމެރިކާގެ 10 ސިފައިންގެ މީހަކު ޒަހަމްވެ، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ.
އީރާނުގެ ޕްރެސް ޓީވީން ބުނާ ގޮތުން ހަ ބެލިސްޓިކް މިސައިލް އާއި 29 ޑްރޯން ބޭނުންކޮށްގެން އީރާނުން ދިން އެ ހަމަލާގައި އެމެރިކާގެ އެއާބޯން އާލީ ވޯނިން އެންޑް ކޮންޓްރޯލް (އެވެކްސް)ގެ އީ-3 މަރުކާގެ މަތިންދާބޯޓެއް ވަނީ ފުނޑުފުނޑުވެފަ އެވެ. އެކަމުގެ ހެއްކެއްގެ ގޮތުގައި ޕްރެސް ޓީވީން ވަނީ އެ މަތިންދާބޯޓު ފުނޑުފުނޑުވެފައި އޮތް ފޮޓޯތަކެއްވެސް އާންމުކޮށްފަ އެވެ.
އެވެކްސް މަތިންދާބޯޓަކީ ވަރަށް ކުރިއަރާފައިވާ، އުދުހޭ ރޭޑާ ސްޓޭޝަންތަކެކެވެ. މި މަތިންދާބޯޓުގެ ބޭނުމަކީ ދުރު ރާސްތާއިން މަތިންދާބޯޓާއި އުޅަނދުފަހަރާއި މިސައިލްތައް ދެނެގަނެ، އެތަކެތީގެ ހަރަކާތްތައް ބެލުމެވެ. ހަމައެއާއެކު، މިއީ ހަނގުރާމައިގެ މައިދާން ބަލަހައްޓާ އުދުހޭ ކޮމާންޑް ސެންޓަރުތަކެއްގެ ގޮތުގައިވެސް ބޭނުންކުރާ އުޅަނދުތަކެކެވެ.
ލިބެން ހުރި މައުލޫމާތަށް ބަލާއިރު އީރާންގެ ހަމަލާގައި ފުނޑުފުނޑުކޮށްލި އެވެކްސް އީ-3 މަރުކާގެ މަތިންދާބޯޓެއްގެ އަގަކީ 270 އެމެރިކާ ޑޮލަރާއި 300 އެމެރިކާ ޑޮލަރާ ދެމެދުގެ އަގެކެވެ.
އީރާނުގެ ހަމަލާއެއްގައި އެމެރިކާގެ 300 މިލިއަން ޑޮލަރުގެ ޖާސޫސީ މަތިންދާބޯޓެއް ފުނޑުފުނޑު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ