އާސަންދައިގެ ދަށުން، ދަރިމައިވުމަށް ހޯދާ ދެ ފަރުވާކަމަށްވާ އައިވީއެފާއި އައިޔޫއައި ހެދުމުގެ އުސޫލު އެންސްޕާއިން އާންމުކޮށްފި އެވެ.
ދަރިމައިނުވާ މީހުންނަށް އައިވީއެފާއި އައިޔޫއެމް ފަރުވާ އާސަންދައިގެ ތެރެއިން ހަމަޖައްސައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އެންސްޕާއިން އާންމު ކުރި އުސޫލުގައިވާ ގޮތުން އައިވީއެފްގެ ފަރުވާ އާސަންދައިގެ ތެރެއިން ފޯރުކޮށްދެވޭނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި އައިޔޫއައިގެ ފަރުވާ އާސަންދައިގެ ދަށުން ފޯރުކޮށްދެވޭނީ ތިން ފަހަރަށްކަމަށްވެސް އުސޫލުގައި ބުނެފައިވެ އެވެ.
މި ދެ ފަރުވާއަށްވެސް އަންނަ މަހުގެ 15 ގައި އާސަންދައަށް އެދުމުގެ ފުރުސަތު ހުޅުވާލުމަށް އެންސްޕާއިން ވަނީ ނިންމާފަ އެވެ.
އާސަންދައިގެ ދަށުން މި ދެ ފަރުވާ ދިނުމަށް ނިންމާފައިވަނީ އެންސްޕާއިން ކަނޑައަޅާފައިވާ ޝަރުތުތަކަށް ބަލާ ޕޮއިޓް ދިނުމަށްފަހު އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކަށެވެ.
އައިވީއެފްގެ އެހީ ހޯދާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތައް:
މީގެ އިތުރުންވެސް އިތުރު ޝަރުތުތަކެއް އެންސްޕާއިން ވަނީ އުސޫލުގައި ބަޔާންކޮށްފަ އެވެ.
ދަރިމައިނުވާ މީހުންގެ ފަރުވާއަށް އާސަންދަ ނުލިބޭތީ އެކަމުގެ ޝަކުވާ ވަރަށް ގިނަ މީހުން އަންނަނީ ކުރަމުންނެވެ. އެކަމަށް ހައްލެއް ހޯއްދަވައި ދެއްވާނެކަމަށް ރައީސް މުއިއްޒު ރިޔާސީ ކެމްޕޭނުގައި ވިދާޅުވެފަ އެވެ.
ދަރިމައި ނުވާ މީހުންނަށް އާސަންދަ ހަމަޖައްސައިދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ