ތާނަ އަކުރު މަހުރަޖުން ކިޔެވުން ސްކޫލް ސިލަބަހުގައި ހިމަނައި، ޓެސްޓަށް އެބައި އިތުރު ކުރުމަށް އާދަމް ނަސީރު މަސައްކަތް ފަށައިފި! މިއީ ބަހުގެ މިނިވަންކަން ހަނިކޮށް، ދަރިވަރުންގެ މެދުގައި ބަހަށް އޮތް ޝައުގެ ގެއްލޭނެ ކަމެއް!

އިއްޔެ ދިވެހި އަކުރު މަހުރަޖުން ކިޔުމަށް، ދިވެހި އަކުރުގެ އަޑުތައް ދެނެގަތުމުގެ ދިރާސާ ފެއްޓެވުމަށްފަހު، އެ ދިރާސާތައް ނިމުނުހާ އަވަހަކަށް ދިވެހި އަކުރު މަހުރަޖުން ކިޔުން ދިވެހި ސިލަބަހުގައި ހިމެނުމަށް އާދަމް ނަސީރު ނިންމަވައިފިއެވެ.
އިއްޔެ ޕީއެސް އެމް އިން ގެނައި ޕްރޮގްރާމެއްގައި އާދަމް ނަސީރާއި، ދިވެއްސަށް ފަރިތަ ނޫން ޤައުމީ ޔުނިވަރސިޓީގެ އަންހެން ބޭފުޅަކު ޓީވީއަށް އަރުވައި، ބަހުގެ އަކުރުތައް މަހުރަޖުން އެއިންނަ ތަޖުވީދަކުން ކިޔަން ޖެހޭ ކަމަށް ވިދާޅުވެ، އެ ތަޖުވީދު ތަކާއި މަހުރަޖު ދެނެގަތުމަށް، އެކަމަށް ދިރާސާ ކުރަމުން ދާ ކަމަށް އާދަމް ނަސީރު ވަނީ ހާމަ ކުރައްވާފައެވެ.
އާދަމް ނަސީރު މި ބައްދަލުވުމުގައި ވިދާޅުވެފައިވާ ގޮތުގައި ބަހަކީ އަޑެކެވެ. އަދި ޤައުމީ ޔުނިވަރސީޓީއާއި އެކު، މިކަމާއި ގުޅިގެން އެއްބަސް ވުމެއްގައި އާދަމް ނަސީރު ވަނީ ސޮއެ ކުރައްވާފައެވެ. ގައުމީ ޔުނިވަރސިޓީއިން މިކަމުގައި ބައިވެރިވެފައިވަނީ ޑރ. ޝެހެނާޒް ކިޔާ ފަރާތެކެވެ.
މިކަމާއި ގުޅިގެން ބައެއް ދިވެހި މުދައްރިސުން ހާމަ ކުރައްވާ ގޮތުގައި މިއީ ބަހުގެ މިނިވަންކަން ހަނިކޮށް، ސްކޫލް ތަކުގެ ދަރިވަރުން ބަހާއި މެދު އިތުރަށް ފޫހި ކުރުވާނެ ކަމެކެވެ. މިހާރުވެސް ތިކިޖެހި ތާނާއި، ބަހުގައި ސަރުކާރު އިސްވެރިންނަށް ނުވަތަ ކުރީ ޒަމާނުގައި ނަމަ، މާލޭގެ ބޭފުޅުންނަށް ވަކިން ހާއްސަ ކޮށްގެން ބަހުގެ އެކި ދަރަޖަ ތައް ބޭނުންކޮށްގެން، ވާހަކަ ދައްކަން ޖެހޭ ޖެހުމުގެ ސަބަބުން ދަރިވަރުންނަށް ބަހުގެ މުހިންމުކަން ކެނޑި، ބަހަށް ދޭ އަހައްމިއްޔަތު ކަން ގެއްލިފައިވާ އިރު، މިފަދަ ކަމަކުން ބަހަށް ލިބޭނީ އިތުރު ނިކަމެތި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ވަކި މަހުރަޖެއް ނެތި ބަސް ބޭނުން ކުރާ ކުރުމަކީ ބަހުގެ އޮތް މިނިވަން ކަމެއް ކަމަށާއި އެކަން ހަނިކޮށް، ބަސް ފިއްތައި ހެދުމުން ބަހަކީ އުނދަގޫ އެއްޗަކަށްވެ، ބަސް އަމިއްލަ ހައިސިއްޔަތުގައި ހެދި ބޮޑުވުމަށް އޮތް ފުރުޞަތެއް ޤައުމިއްޔަތު މިނިސްޓަރު ނަގާލުމަކީ އޭނާއަށް ބަހާއި މެދު އެނގެން ޖެހޭ އިލްމު ލިބިފައި ނެތްކަން ކަމުގައި ދިވެހި ޓީޗަރެއް ކިޔައި ދެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ