ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު
ޑރ މުހައްމަދު މުޢިއްޒުގެ ރަނިންގމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު
ލަޠީފް (ސެންބެ) ހަމަޖައްސައިފިއެވެ.
މިކަން އިޢުލާނު
ކުރައްވާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާތް ﷲ ގެ އިރާދަފުޅާ ވާގިފުޅުން ރައީސް
ޔާމީނަށް މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށެވެ. ނަމަވެސް
ރައީސް ޔާމީނަށް ވާދަކުރުމުގެ ފުރުސަތު ނުދީފިނަމަ، އެ މަނިކުފާނު ދެއްވާފައިވާ
އިރުޝާދާއެކު، ވާދަކުރާނޭ "ބެކްއަޕް" ކެނޑިޑޭޓެއްގެ ގޮތުގައި ޕީ.އެން.ސީ
ގެ ކެނޑިޑޭޓެއް ހޮވުމަށް ޕީ.އެން.ސީ ސެނެޓުގައި ބޭއްވުނު އިންތިޚާބުގައި އޭނާ
ހޮވުމުން ރަނިންގމޭޓުގެ ގޮތުގައި ބޭފުޅަކު ހަމަޖައްސާ، އެޕްލިކޭޝަން
ތައްޔާރުކުރުމަކީ އޭނާގެ ޒިންމާއެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
ވީމާ ރަނިންގމޭޓްގެ ގޮތުގައި
ފަރެސްމާތޮޑާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙުސައިން މުޙައްމަދު ލަޠީފް (ސެންބެ)
ހަމަޖައްސަން ނިންމިކަން ދަންނަވާ ކަމަށް މުޢިއްޒުގެ ޓްވީޓުގައިވެއެވެ.
Advertisement
މީގެ އިތުރުން ޑރ މުޢިއްޒު
ވިދާޅުވެފައިވަނީ މެމްބަރު ޙުސެއިނަކީ ޒުވާން، ތަޢުލީމީ، ޤާބިލް ޚިދްމަތްތެރިއެއްކަމަށެވެ.
. "އަޅުގަނޑުގެ ދުޢާއަކީ، 7 އޯގަސްޓުގެ
ވަގުތު ހަމަވުމުގެ ކުރިން، އަޅުގަނޑުމެންގެ ކެނޑިޑޭޓް ރައީސް ޔާމީން އަށް
ވާދަކުރުމުގެ ފުރުސަތު ލިބިގެން ދިޔުން. އަދި މި ތައްޔާރުކުރެވޭ
"ބެކްއަޕް" އެޕްލިކޭޝަން ލާންނުޖެހުން"
މުޢިއްޒުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
ރައީސް
ޔާމިންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައި ނުގަތް މައްސަލައިގެ ދިގު އަޑުއެހުމެއް
އިއްޔެ ކުރިއަށް ދިޔައެވެ. ނަމަވެސް އެމައްސަލައިގައި އަދި ގޮތެއް ނިންމާފައެއްނުވެއެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު މިމަހުގެ 7 ވަނަ ދުވަހައް ހަމަވާއިރު
ސްޕްރީމް ކޯޓުން ރައީސް ޔާމީން އަށް ވާދަ ކުރެވޭނެ ކަމަށް ނުނިންމައިފިނަމަ ޕީޕީއެމުން
އެހެން ކެނޑިޑޭޓަކު ނެރުމުގެ ވާހަކަވެސް މިހާރު ދަނީ ދެކެވެމުންނެވެ.
މުޢިއްޒުގެ ރަނިންމޭޓަކަށް މެމްބަރު ހުސެއިން މުޙައްމަދު ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ