އަޕްގްރޭޑިން މަސައްކަތަކަށް މިއަދު ކުޑަވަގުތުކޮޅަކަށް ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ބުނީ، ސްޓެލްކޯގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރަމުންދާތީ މާލެއިން މިއަދު މެންދުރު 14:00 އިން 16:00 އާއި ދެމެދުގައި ކަރަންޓު ކެނޑިދާނެ ކަމަށެވެ.
އެގޮތުން ހެންވޭރުގެ ރަތްވިލާ ހިނގުމާއި، މޫނިމާ ހިނގުން، ކަލާފާނު ހިނގުން، ލޮނުޒިޔާރަތްމަގު އަދި ބުރުޒުމަގު ހިމެނޭ ސަރަޙައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.
ސްޓެލްކޯއިން ބުނީ ވީ އެންމެ އަވަހަކަށް ކަރަންޓު އަލުން ދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެކަމަށެވެ.
އަޕްގްރޭޑިން މަސައްކަތަކަށް މިއަދު ކުޑަވަގުތުކޮޅަކަށް ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ