ރަށެއްގެ ރައްޔިތުންނަށް ޚިދުމަތް ކުރާއިރު އެރަށެއްގެ ރައްޔިތުން ވޯޓު ދިނީ ކޮން ގޮތަކަށްތޯއެއް ނުބައްލަވާނެކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް އަތޮޅުތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގައި މިއަދު ރ. މާކުރަތަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ މާކުރަތަށް ރައްޔިތުން ބޭނުންވާ ކަންކަން އޭނާގެ ސަރުކާރެއްގައި ކޮށްދެއްވާނެކަމަށެވެ. އެގޮތުން އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައި އެރަށު މަގު ހެދުން ކުރިއަށް ގެންގޮސްދެއްވާނެކަމަށާއި ޒުވާނުންގެ މަރުކަޒެއް ގާއިމްކޮށްދެއްވުމުގެ އިތުރުން ފުޓްސަލް ދަނޑު ފެންވަރު ރަނގަޅުކޮށްދިނުންމަށް ޑރ. މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.
ޚިދުމަތްކުރުމުގައި ރައްޔިތުން ވޯޓު ދިނީ ކޮން ގޮތަކަށްތޯއެއް ނުބަލާނަން: ޑރ. މުއިއްޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ