މާލޭ ސިޓީ ކައުންސިލުން ބަހުގެ ޚިދުމަތް ދެނީ

މާލެ ސިޓީ ކައުންސިލުން ބަހުގެ ހިދުމަތް ދިނުމުގެ މަސައްކަތް ފެށިގެން ފަށައިފިއެވެ.
އެގޮތުން އެ ކައުންސިލުން ވަނީ އިއްޔެއިން ފެށިގެން މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށާއި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ސްކޫލްތަކުގެ މުވައްޒަފުން އަދި ކައުންސިލްގެ ބަސް ޕްރައިވެޓް ހަޔަރގެ ގޮތުގައި ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތް ދޭން ފަށާފައެވެ.
ސިޓީ ކައުންސިލުން ވަނީ ބަހުގެ ހިދުމަތް ދިނުމާ ގުޅޭ އުސޫލެއް އެކުލަވާއި މިދިޔަ މާޗް މަހުގެ 1 ވަނަ ދުވަހު ގައި އާންމުކޮށްފައެވެ.
އެ އުސޫލުގައިވާ ގޮތުން ކައުންސިލް ނޫން އިދާރާއެއްގެ މުވައްޒަފުން ބަހުގައި ދަތުރުކުރަން ބޭނުންވާ ނަމަ ކޮންމެ ދަތުރެއްގެ ކޮޅަކަށް 150ރ. އަށް ދަތުރުކޮށް ދޭނެއެވެ. އަދި ދެކޮޅު ދަތުރެއް ނަމަ 300ރ. އަށް ދަތުރުކޮށް ދޭނެއެވެ.
އަދި އެހެން އިދާރާއެއްގެ މުވައްޒަފުންނަށް މަސް ދުވަހުގެ މުއްދަތަށް 9،000ރ. އަށް އެ އޮފީހަކުން ބޭނުންވާ މުވައްޒަފުންގެ ދެކޮޅު ދަތުރު ހަމަޖައްސައި ދޭން ހަމަޖައްސާފައިވާއިރު ކައުންސިލުން ނިންމާފައިވާގޮތުގައި ދަތުރަކަށް ވަކިން ބަސް ކުއްޔަށް ހިފާ ނަމަ ރޭޓަކީ 300.ރ. އެވެ.
އަދި އެފަދަ ދަތުރުތަކުގައި އެއްގަޑި އިރަށް މަޑުކުރާ ނަމަ އިތުރު 100ރ. ގެ ފީއެއް ދައްކަން ޖެހޭނެކަމަށްވެސް މާލޭ ސިޓީ ކައުންސިލުން ނިންމާފައިވެއެވެ.
ކައުންސިލުން ބުނިގޮތުގައި ރޭގަނޑު 12:00 ގެ ފަހުން ދަތުރެއް ކުރާ ނަމަ ދަތުރެއްކޮށް ދޭނީ 600ރ. އަށެވެ.
ބަހުގެ ހިދުމަތުގެ އުސޫލުގައިޥާގޮތުން އެއްވެސް އަގަކާނުލާ ހިލޭ ސާބަހަށް ބަހުގައި ދަތުރު ކުރެވޭނެ ފަރާތްތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ އުމުރުން 65 އަހަރުން ފެށިގެން ދޮށީ އުމުރުގެ މީހުންނާއި، އެންސްޕާގައި ރަޖިސްޓްރީވެފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން އުމުރުން 6 އަހަރުން ދަށުގެ ކުޑަކުދީންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ